މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީއަށް ތިރީގައި މިދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމު: ސޭލްސް ޕަރސަން

މުސާރަ: -/4100 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ކަސްޓަމްސް ކޯޕަރޭޓިވް ސޮސައިޓީ / މާލެ

ބޭނުންވާ އަދަދު: 01 (އެކެއް)

މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން
  • ގިނަވަގުތު މަސައްތަކަތުގައި އުޅުން. ޝިފްޓް ޑިއުޓީ އަދާކުރެވޭ ފަރާތްތަކަށް އިސްކަން ދެވޭނެ.

އެހެނިހެން ޢިނާޔަތްތައް:

  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް   -/30 ރ
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކަސްޓަމަރުންނާ މުޢާމަލާތުކުރުމާއި އަދި ކަސްޓަމަރުންނަށް އެހީތެރިވެދިނުން
  • ހަރުގަނޑުތަކުގައި މުދާ އެތުރުމާއި، އަދި މުދާ ލޭބަލް ކުރުން

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު ކޮޕީ)
  3. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 29 ގެ 14:00 ގެ ކުރިން ވަޒީފާއަށް އެދި ހުށަހަޅާ ސިޓީއާއި ހުށަހަޅަންޖެހޭ އެހެނިހެން ލިޔުންތަކާއެކު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

19 މޭ 2016
ހޯދާ