ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ސަރަޙައްދުގައި ބާބަކިޔު ހަދާނެ ތަނެއް ހަދައިދޭނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:
މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި، މި އިދާރާގެ ފަރާތުން ދިނުމުން، ބަނދަރު ސަރަޙައްދުގައި، މި އިދާރާއިން ދައްކާ ތަނެއްގައި ބާބަކިޔު ހަދާނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދަން މި އިދާރާއިން ކުރި ނަންބަރު (IUL)289/289/2016/21 އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 30 ވާ ހޯމަ ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށްފައިވާ ލިޔުމަކާއެކު ފޮނުއްވެވުން އެދެމެވެ.
އަންދާސީހިސާބުތަކަށް ޕޮއިންޓުދިނުމަށް ހަމަޖެހިފައިވާ ގޮތް:
މަސައްކަތުގެ އަގަށް |
މަސައްކަތުގެ މުއްދަތަށް |
މަސައްކަތާގުޅޭ ތަޖުރިބާއަށް |
ލޯކަލް އިންވެސްޓްމަންޓް އަދި ކުންފުންޏަށް |
ޖުމުލަ |
% 80 |
% 10 |
% 5 |
% 5 |
% 100 |
މިހެންވެ މިކަން އާންކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
8 ޝަޢުބާން 1437