ފުވައްމުލަކު ފުނާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް ކުރުމަށް

އިޢުލާން

ފުނާޑު ކައުންސިލްގެ އިދާރާ މަރާމާތުކުރުމަށް

ފުނާޑު ކައުންސިލްގެ އިދާރާގެ ބައެއް މަރާމާތުތައް ކުރުމަށް  ބޭނުންވާތީ، މިކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 23 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް ފުނާޑު ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 26 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ވިޔަފާރި ކުރުމަށް ރަޖިސްޓަރީކޮށްފައިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބުތައް އިވެލުއޭޓްކުރާ ކޮމެޓީން ބަލާނެ ކަންތައްތަކާއި އަދި އެ ކަންތައްތަކަށް ޕޮއިންޓު ދޭނެ ދާއިރާތައް

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

އަގު

60%

ހުށަހަޅާ އަގަށްދެވޭ މާކްސް

  • މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑައަގަކަށް.

ތަޖުރިބާ

20%

ތަޖުރިބާއަށް ދެވޭ މާކްސް

  • މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ ލިޔުންތަކުގައި މަސައްކަތްކޮށްފައިވާ އަގުތައް އެއްކުރުމަށްފަހު އެންމެ މަތިން ލިބޭ އަގަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • ތަޖުރިބާގެ ލިޔުންކަމަށް ބަލާނީ ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ލިޔުންތަކަށެވެ.

މާލީ ޤާބިލުކަން

10%

މާލީ ޤާބިލުކަން

  • މާލީ ޤާބިލުކަމަށް ބެލެވޭނީ ޕްރޮޕޯސަލާއެކު ހުށަހަޅާ ބޭންކް ރިފަރެންސް ލެޓަރ ފަދަ މާލީ ޤާބިލުކަން ދެނެގަނެވޭނެ ލިޔުންތަކަށެވެ. ބޭންކު ސްޓޭޓްމަންޓަކީ މާލީ ޤާބިލުކަން ކަމަށް ނުބެލެވޭނެއެވެ.

މުއްދަތު

 

މުއްދަތަށް ދެވޭ މާކްސް

  • މާކްސްދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓްކޮށްފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.
  • މުއްދަތުކަމުގައި ބެލޭނީ ހުށަހަޅާ ވޯކް ޝެޑިއުލްގައިވާ ގޮތުގެ މަތިންނެވެ.

ޖުމުލަ

0

 

                                   05 ޝަޢުބާން 1437

12 މޭ 2016
ހޯދާ