ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  

މުސާރަ: މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ފޯކައިދޫ ސުކޫލް  

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ، ފޯކައިދޫ ސުކޫލް                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނާއި ގަވާއިދުގައިވާގޮތުގެމަތިން ފައިސާގެ އެންމެހައި ލިޔެކިޔުންތައް ލިޔެ ބެލެހެއްޓުން.

2. މުވައްޒަފުންނަށް މުސާރަދިނުމާއި އެހެނިހެން ކަންކަމަށް ހޯދަންޖެހޭ ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި، އެކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހައި ރެކޯޑުތައް ބެލެހެއްޓުން.

3. ހިންގުމުގެ ޚަރަދާއި މުސާރައިގެ ފައިސާގެ އެކި އައިޓަމުތަކަށް ބޭނުންވާ ފައިސާގެ ތަފްޞީލު ވައުޗަރ ހެދުމަށްފަހު ފައިސާ ހޯދުމަށް ފިނޭސް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅުމާއި، އެތަންތަނަށް ލިބުނުތޯ ބެލުމާއި، ފައިސާ ޖަމާވޭތޯ ނުވޭތޯ ބަލަމުން ގެންދިޔުމާއި، ޖަމާވިކަން ނުވަތަ ޖަމާނުވާކަން ކަށަވަރުކޮށް، އިތުރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

4. ބަޖެޓާ ގުޅޭގޮތުން ލިޔަންޖެހޭ ސިޓީއާއި މެސެޖު ފަދަ ތަކެތި ލިޔުމާއި، އެތަކެތި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި، އެތަންތަނަށް ލިބުނުކަން ކަށަވަރުކުރުމާއި، އެކަން އެނގޭގޮތަށް ރެކޯޑް ބެލެހެއްޓުމާއި، އެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

5. ސްކޫލުގެ ފަރާތުން މެހްމާނުންނަށް އަދާކުރަންޖެހޭ މެހްމާންދާރީގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުމާއި، އަލަށް އަންނަ ބިދޭސީ ޓީޗަރުން ގެނައުމާއި، އެމީހުންގެ އެކަމަޑޭޝަން ހަމަޖެއްސުމުގައި ސްކޫލުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަހަރީ ޗުއްޓީގައި ބިދޭސީ ޓީޗަރުން ޤައުމަށް ފުރުވައިލުމާއި، އެނބުރި އަންނަ ދުވަސްވަރު އެކަންކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

6. އިދާރީ މަސައްކަތްކުރާ މުވައްޒަފުން ޗުއްޓީގައި ތިބޭ ދުވަސްވަރު، އިދާރީގޮތުން ބެލެހެއްޓުމަށް ހަވާލުކުރާ ކަންކަން ކުރުން.

މަޤާމުގެ ޝަރުޠު:                                                 

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމާ ގުޅޭ ދާއިރާތައް:

  • އެކައުންޓިންގ
  • ފައިނޭންސް
  • ބިޒްނަސް
  • އިންފޮމޭޝަން ޓެކްނޮލޮޖީ
  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
  • ހިއުމަން ރިސޯސް މެނޭޖްމަންޓް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.    

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2016 ޖޫން 5 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލުގައެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (އެޕްލިކޭޝަން  ފޯމު،  މި  ސްކޫލުން  ލިބެން  ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންސް ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ފޯކައިދޫ ސުކޫލުގެ އިދާރާއަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 30 ވާ ހޯމަދުވަހުގެ 10:00 އެވެ.

ނޯޓު: 

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ފޯކައިދޫ ސުކޫލުގެ 6540542 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

9 ޝަޢުބާން 1437

16 މޭ 2016
ހޯދާ