ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ކަރަންޓް 3 ފޭސްއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

ސްކޫލުގެ ކަރަންޓް، 3 ފޭސްއަށް ބަދަލުކުރުން:

މި ސްކޫލްގެ ނަންބަރު: GS-89/IUL/2016/20 (21 އެޕްރީލް 2016) ގެ އިޢުލާނަށް މަދުވެގެން 3 ފަރާތުން ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް ތިރީގައި މިދަންނަވާ މަރާމާތުކުރުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން ތިރީގައިވާ ތާވަލާ އެއްގޮތަށް އޮންނާނެއެވެ. ރަށުން ބޭރު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް، ސްކޫލުގެ ފޯނު ނަންބަރު: 6520535 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވިދާނެއެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު އަންދާސީހިސާބު ހުށަހަޅުއްވަން ދުރުވާނަމަ އެކަން އެނގޭނެ ސިޓީއެއް ހިފައިގެން ދުރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށައެޅުން

2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 11:00 އަށް.

2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް.

ނޮޅިވަރަންފަރު ސްކޫލްގެ ލައިބުރަރީގައި

ނޮޅިވަރަންފަރު ސްކޫލްގެ ލައިބުރަރީގައި

09 ޝަޢުބާން 1437

16 މޭ 2016
ހޯދާ