ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މަޤާމުގެ ނަން: ސެން ޓީޗަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމް އޮތް އޮފީސް: އިހަވަންދޫ މަދަރުސާ
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އިހަވަންދޫ މަދަރުސާ/ ހއ. އިހަވަންދޫ
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ ޔުނިޓް: އެކަޑަމިކް ސެކްޝަން
މަޤާމުގެ މަސްއޫލިއްޔަތު:
1. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންގެ ކުރިއެރުމަށް ބޭނުންވާ ކަންތައްތައް ރާވައިގެން ކުރިއަށް ގެންދިޔުން.
2. އުނގެނުމާއި އުނގަންނައިދިނުމުގެގޮތުން ކުރެވޭ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެގޮތުން ކުރަންޖެހޭ ކަންކަންކުރުމާއި، އެކަމުގެ ރެކޯޑްތައް ބެލެހެއްޓުން (އިންޑިވިޖުއަލް އެޑިޔުކޭޝަނަލް ޕްލޭން ކޮންމެ ކުއްޖަކަށް ވަކިން ތައްޔާރުކޮށް ބެލެހެއްޓުން)
3. ދަރިވަރުންގެ ކުރިއެރުމަށް އިތުރަށް ރޭވިގެން ހިންގޭ ހަރަކާތްތަކުގައި އާންމު ދަރިވަރުންނާ އެއްއުސޫލަކުން ބައިވެރިވެއުޅުމުގެ ފުރުޞަތު ހޯދައިދީ، ޢަމަލީގޮތުން އެކަމުގައި ބައިވެރިވުން.
4. ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަކީ ތަފާތު ނުކުޅެންދުންތެރިކަން އެކި ދަރަޖަގައިހުންނަ، އާންމު ދަރިވަރުންނާ ތަފާތު ކުދިންނަށްވީތީ، އެކުދިންނަށް ދިމާވާ ޖިސްމާނީ މައްސަލަތަކާއި ނަފްސާނީ މައްސަލަތައް ޙައްލުކުރުމުގައި ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު މަސައްކަތްކުރުން.
5. ކުދިންނަށް އަންނަ ބިހޭވިއަރތަކުގެ ސަބަބުން ކުލާހުގެ އެހެން ދަރިވަރުންނަށް ނުރައްކަލެއް ދިމާވެދާނެތީ، އެކަމަށް ސަމާލުވެ މަސައްކަތްކުރުން.
6. ކުދިންނަށް އަންނަ ތަފާތު ބިހޭވިއަރތަކުގައި ކުދިންނާއެކު އެކަން ޙައްލުވަންދެން ޢަމަލީގޮތުން މަސައްކަތްކުރުން.
7. ދަރިވަރުންނާ ގުޅޭ މަޢުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުން.
8. ސްކޫލުގެ އެކި ކަންކަމުގައި އެއްބާރުލުން ދިނުން.
މުސާރައާއި މަޤާމުގެ ޝަރުޠުތައް،
ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުންގެ ޝަރުޠު:
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛
ތިރީގައިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން:
- ސްޕެޝަލް އެޑިޔުކޭޝަންގެ ރޮނގުން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- ސްޕެޝަލް އެޑިޔުކޭޝަންގެ ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ސްކޭލެއްގައި، ސްޕެޝަލް އެޑިޔުކޭޝަން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކްލާހުގައި 1 (އެކެއް) އަހަރުދުވަހު ނުވަތަ އެއަށްވުރެ ދިގު މުއްދަތުގައި ކިޔަވައިދިނުމާއި، އެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑު:
މަޤާމުގެ ނަން |
މަޤާމުގެ ކްލެސިފިކޭޝަން |
ސިވިލް ސަރވިސްގެ ރޭންކް |
އަސާސީ ޝަރުޠު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/10،640 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/10،320 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/10،100 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS15-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެމަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
މަހަކު -/9،910 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/9،850 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/9،360 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/8،890 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. |
މަހަކު -/8،440 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/8،250 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/7،840 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. |
މަހަކު -/7،450 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
||
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. |
މަހަކު -/7،070 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:
މުސާރައިގެ އިންސައްތަ |
ސަނަދު |
30% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީސަނަދެއް އޮތުން. |
25% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން. |
15% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން. |
މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:
* އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
* ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއެކު މަސައްކަތްކުރާ ކޮންމެ ދުވަހަކަށް، ރިސްކް އެލަވަންސްގެގޮތުގައި -/100 ރުފިޔާ ދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
· ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތަކަށްވުން.
· ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ، މި ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން.
· ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.
· މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.
· ސިވިލް ސަރވިސް ކޮމިޝަނުން 1 އެޕްރީލް 2014 ގައި ޢަމަލުކުރައްވަން ފައްޓަވާފައިވާ ސިވިލް ސަރވިސްގެ މަޤާމްތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި ޢުޞޫލުތަކުގައިވާ ކްރައިޓީރިއާ ގައިވާ ގޮތުގެ މަތިން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައި)
4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
5- ވަޒީފާގެ ދާއިރާއާ ގުޅޭ، ކުރު މުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގައި، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.
6. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެ މުވައްޒަފުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އަޚްލާޤް ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤް ހުރިގޮތް ބަޔާންކުރާ ފޯމު" (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅާފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ފޯމު ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
8. މަސައްކަތުގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.
ސިޓީ ފޮނުވަންވީ ތާރީޚު:
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއުކުރުމާއި، އިމްތިޙާނުކުރުން ބޭއްވޭނެ މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 27 މޭ 2016 އާއި 30 މޭ 2016 އާ ދެެމެދުގައި އޮންނާނެއެވެ.
މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔުކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
ނޯޓް: އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑިއާއި ތާރީޚު (މަތީގައިވާ ފޯވަހީގެ ތެރޭގައި) ފަހުން އެންގޭނެއެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަދަރުސާގެ 6500096 ނަންބަރު ފޯނާ، ރަސްމީ ގަޑީގައި، ގުޅުން އެދެމެވެ.
9 ޝަޢުބާން 1437