މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމުގެ ދަށުން ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫޢުގެ އީ އައި އޭ އާ ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫޢުގެ އީ އައި އޭ ، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ އީ އައި އޭ ގަވައިދުތަކާއި، ގައިޑްލައިންތަކާއި، އެފަރާތުން ދޭ ޓާރމްސް އޮފް ރިފަރެންސާ އެއްގޮތަށް ހަދައިދޭނޭ ފަރާތެއް ހޯދުމަށް 2016 މޭ 5 ގައި ކުރެވުނު ނަންބަރު 17(IUL)30-G/1/2016/ އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުގައި އޮޅުންތަކެއް އަރާފައިވާތީ މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.  

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން  2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 11.00 އަށް މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓް ވޭވްސް، މޫންލައިޓް ހިނގުން، މެރިން ރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ. އަދި، 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 13:00 އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓުގައެވެ.

މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

19 މޭ 2016
ހޯދާ