ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2015 ވަނައަހަރުގެ އަހަރީ ރިޕޯޓު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނު ނަންބަރު:15/IL-PRC/2016 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2015 ވަނައަހަރުގެ އަހަރީ ރިޕޯޓު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފުސީލު  | 
 ތާރީޚު  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 25 މޭ 2016  | 
 ބުދަ  | 
 11:00  | 
| 
 އަންދާސީހިސާބު ހުށަހެޅުން  | 
 31 މޭ 2016  | 
 އަންގާރަ  | 
 11:00  | 
މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
12 ޝަޢުބާން 1437
