ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެ

އިޢުލާން

ގެއެއް ކުއްޔަށްހިފުމާ ބެހޭ:                                  

މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށްހިފުމަށް ބޭނުންވެއެވެ. ވީމާ، ގެ ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

ގޭގައި ހުންނަންޖެހޭ މިންގަނޑު (ތަންތަން)

2 ކޮޓަރި (އެޓޭޗް ފާޚާނާ އަދި ފަރުނީޗަރާއެކު) ( 1 ކޮޓަރި އޭ.ސީ ކުރެވިފައި)

1 ބަދިގެ (ބަދިގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރު ހުންނަންޖެހޭނެއެވެ.)

1 ސިޓިންގ ރޫމް (ގޮނޑި/ސޯފާ ފަދަ ތަކެތި)

ޓީވީ (ކޭބަލް ޓީވީގެ ޚިދުމަތާއެކު)

ވަކިން ނުވަތަ ގޯއްޗެއްގެ ތެރޭގައި ވިޔަސް ވަކިން ވަދެވޭގޮތަށް ހުރުން އަދި އެބައިގައި އެހެން ބަޔަކު ދިރިނޫޅުން

ޕޮއިންޓް ދޭ އުސޫލުތައް

  • މަހު ކުލި (40 ޕޮއިންޓް)
  • އެޓޭޗް ފާޚާނާ ހިމެނޭ 2 ކޮޓަރި (10 ޕޮއިންޓް)
  • ބަދިގޭގައި މަސައްކަތަށް ގެންގުޅޭ ސާމާނު (10 ޕޮއިންޓް)
  • ސިޓިންގ ރޫމް (ފަރުނީޗަރު، ޓީވީ، ސޯފާ) (10 ޕޮއިންޓް)
  • ކުލީގެ ތެރޭގައި ކޭބަލް ފީއާއި ކަރަންޓް ހިމެނުން  (20 ޕޮއިންޓް)
  • ގޯތީގެ ކުނި އުކައިލެވޭނެ ނިޒާމެއް ހަމަޖެހިފައި އޮތުން.
  • މެއިންޓެނަންސް އޮތުން (މަހުން މަހަށް ބަރާބަރަށް ބަލައި ހައްލުކުރުން) (5 ޕޮއިންޓް)
  • ގޭގެ ވެރިފަރާތުން ސެކިއުރިޓީ ބެލެހެއްޓުން. (5 ޕޮއިންޓް)

ޖުމުލަ : 100 ޕޮއިންޓް

ސިޓީއާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ގޭގެ ފުލޯ ޗާޓް
  • އިންވެންޓްރީ

09 ޝަޢުބާން 1437

16 މޭ 2016
ހޯދާ