އިންނަމާދޫ ސްކޫލް، ރ. އިންނަމާދޫ
ދިވެހިރާއްޖެ
ސްކޫލަށް ޓީވީ ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ސްކޫލަށް ބޭނުންވާ 7 (ހަތެއް) ޓީވީ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ސްކޫލަށް ޓީވީ ގަތުމަށް ބޭނުންވެގެން 3 މޭ 2016 ގައި ކުރި ނަންބަރު GS123/IUL/2016/16 އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު ކަރުދާހުގައި މާލިއްޔަތުގެ ޤާނޫނާ ޚިލާފު މާއްދާއެއް ހިމެނިފައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.    

ވީމާ، މި ސްކޫލަށް ޓީވީ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 25 ވާ ބުދަ ދުވަހުގެ 14:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސްކޫލުން ދޫކުރާ އަންދާސީހިސާބު ފޯމުންނެވެ. މި ފޯމު ދޫކުރެވޭނީ މިކަމަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަތުމުން މަޢުލޫމާތު ދޭ ގަޑީގައެވެ.

މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ބަދަލުގައި ފޮނުއްވާ ފަރާތެއްކަން އެނގޭނެ، ފޮނުއްވާ ފަރާތުގެ ސިޓީއަކާއި، އައި.ޑީ ކާޑުގެ ދެފުށުގެ ސާފުކޮޕީއެއްގެ އިތުރުން ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މިކަމާ ގުޅިގެންދެވޭ މަޢުލޫމާތު ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި، އަންދާސީހިސާބު ފޯމު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތަކާއި، އަންދާސީހިސާބު ހުށަހެޅުއްވުމުގެ ސުންގަޑީގެ ކުރިންނާއި ފަހުން ހުށަހަޅުއްވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެއެވެ. އަދި މިކަމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުނަމަވެސް އެ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.  

8 ޝަޢުބާން 1437

15 މޭ 2016
ހޯދާ