މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުގެ ތިރީގައި މިދަންނަވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ މީހަކު ހޯދުމަށް ބޭނުންވެއްޖެއެވެ.

މަގާމު:   ސަޕޯޓް ސަރވިސް އޮފިސަރ ގްރޭޑް 1

މުސާރަ:  -/4,000 ރުފިޔާ

ސަރވިސް އެލަވަންސް: -/3,500 ރުފިޔާ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް:  އަސާސީ މުސާރައިގެ %35  (-/1,400 ރުފިޔާ)

ކޮއްތު ފައިސާ: އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/60 ރުފިޔާ  

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާލެ އާއި ރާއްޖެތެރޭގެ ކަސްޓަމްސް އޮފީސްތައް

މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތް:  ކަސްޓަމްސްގެ ފަރާތުން ކުރަންޖެހޭ އެންމެހައި ދަތުރުތައް ކުރުމާއި ކަސްޓަމްސްގައި ބޭނުންކުރާ ވެހިކަލްތައް ސާފުކޮށް ބެލެހެއްޓުން.  އަދި ކަސްޓަމްސް އޮފީސްތަކުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުމާއި ކަސްޓަމްސްގެ އެންމެހައި ސެކްޝަންތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން. 

ބޭނުންވާ އަދަދު: 01 (އެކެއް)

މަގާމުގެ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، ދާއިރާއިން ކަނޑައަޅާ މަސައްކަތަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މި މަގާމަށް މީހަކު ހޮވުމުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ (A0,A1,B1,C1) އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، ވެހިކަލް ރިޕެއަރ ކުރުމުގެ މަސައްކަތުގައި އުޅެފައިވާ ފަރާތްތަކާއި، އިލެކްޓްރިކް މަސައްކަތްކުރަން ދަންނަ އަދި ފެންވައިރިންގގެ މަސައްކަތް ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. 

މަތީގައި ދަންނަވާފައިވާ މަޤާމުގައި މަސައްކަތްކުރާ މީހުންނަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަސްތަކުގައި މަސައްކަތްކުރުމުން ދޭ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށްއެދޭ ފޯމު
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ބަޔާންކޮށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ކޮޕީ)
  3. ސްކޫލްގެ ލީވިންގ ސެޓްފިކެޓް
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ

ސުންގަޑި:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފަރާތުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަ ކުރުމަށްފަހު ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ www.customs.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް ކަސްޓަމްސްގެ މައި އޮފީހުގެ ރިސެޕްޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ލިބެން ހުންނާނެއެވެ.

16 މޭ 2016
ހޯދާ