މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މި މިނިސްޓްރީއަށް، ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު 1: އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އެސިސްޓެންޓް (ހިއުމަންރިސޯސް / ޕްރޮކިއުމެންޓް) 

އަދަދު:  01

ފެންވަރު ނުވަތަ ޝަރުޠު:

  • ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މި މަގާމާ ގުޅޭ  ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔެކިޔުމުންނާއި އަނގަބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

މަތީގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ގުޅުންހުރި އިތުރު މަޢުލޫމާތު، އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެދުނު 8:00 ން މެންދުރުފަހު 16:00 އަށް

މުސާރަ:       މަހަކު -/7710 ރުފިޔާ

ވަޒީފާގެ ބާވަތް:  ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު: ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީހުން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް

 

މަޤާމު 2: އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އެސިސްޓެންޓް (ފައިނޭންސް) 

އަދަދު :01

ފެންވަރު ނުވަތަ ޝަރުޠު:

  • ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު މި މަގާމާގުޅޭ  ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި އޮފީސް ސޮފްޓްވެއަރ ޕެކޭޖް ބޭނުންކުރަން އެނގުން.
  • އިނގިރޭސި ބަހުންނާއި ދިވެހިބަހުން ލިޔެކިޔުމުންނާއި އަނގަބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

މަތީގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ގުޅުން ހުރި އިތުރު މަޢުލޫމާތާ، އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑުކުރެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މަސައްކަތް ކުރަންޖެހޭ ގަޑި: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެދުނު  8:00 ން މެންދުރުފަހު 16:00 އަށް

މުސާރަ:      މަހަކު -/7710 ރުފިޔާ

ވަޒީފާގެ ބާވަތް:   ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު: ވަޒީފާގެ އެއްބަސްވުމުގައި ސޮއި ކުރެވޭ ތާރީހުން ފެށިގެން 31 ޑިސެންބަރު 2016 ގެ ނިޔަލަށް

ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 2016 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދުނުން ކޮންމެ ދުވަހެއްގެ، 14:00 ން 08:00 އާ ދެމެދު 3333174 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

09‏ ޝަޢުބާން 1437

16 މޭ 2016
ހޯދާ