މަގާމު
|
ލޯކަލް ޓެކްނިކަލް އެކްސްޕާރޓް (ސެންސިޓައިޒޭޝަން ޕްރޮގްރާމް)
|
ބޭނުންވާ އަދަދު
|
1
|
މަޤާމުގެ ކްލެސިފިކޭޝަން: ލޯކަލް ޓެކްނިކަލް އެކްސްޕާރޓް (ސެންސިޓައިޒޭޝަން ޕްރޮގްރާމް)
|
މުސާރަ
|
މަހަކު -/20,000 ރުފިޔާ
|
މަސައްކަތް ކުރަންޖެހޭ ތަން
|
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ
|
ސެކްޝަން
|
ސްޓޭކްހޯލްޑަރސް އެންޑް ޕަބްލިކް ރިލޭޝަންސް
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް
|
މަސައްކަތުގެ މުއްދަތު
|
3 (ތިން) މަސްދުވަސް (މުވައްޒަފުގެ ޚިދުމަތް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރު ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)
|
މަސައްކަތުގެ ވަގުތު
|
ދެފަރާތުން އެއްބަސްވާ ގޮތަކަށް
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މީޑިއާއަށާއި އާންމުން އެންސްޕާއިން ދެމުންގެންދާ ޚިދުމަތްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެންސިޓައިޒޭޝަން ޕްރޮގްރާމް ރާވައި ހިންގުމުގެ އެންމެހައި ކަންތައް ކުރުން
- ސެންސިޓައިޒޭޝަން ޕްރޮގްރާމަށް އަހުލުވެރިކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއިއެކު ބާއްވާ ވޯކްޝޮޕް ރާވައި ހިންގުން
- ކަމާބެހޭ ފަރާތްތަކުގެ ލަފައާއެކު އެންސްޕާގެ ކޯޕޮރޭޓް ޕްރޮފައިލް އުފެއްދުން
- އެންސްޕާގެ ކޯޕޮރޭޓް ޕްރޮފައިލް ހެދުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކާއި އެހެނިހެން އާލާތްތައް ތައްޔާރުކުރުން
|
ތަޢުލީމާއި ތަޖުރިބާ
|
- ޕަބްލިކް ރިލޭޝަންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން
- ސަރުކާރުގެ އިދާރާއެއްގައި ނުވަތަ އެން.ޖީ.އޯއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
- ސޯޝަލް ޕްރޮޓެކްޝަންއާ ގުޅޭ އާންމު މަޢުލޫމާތު އެނގުން
- ދިވެހި އަދި އިނގިރޭސިން މުޢާމަލާތުކުރަން އެނގުން
|
ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މިއެޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.nspa.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ މައުލޫމާތު ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
ސުންގަޑި
|
2016 މޭ 26 ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 މޭ 29 ގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3005353 އެވެ.
|