|
1. ހެޑް އޮފް ޑިޕާޓްމަންޓުގެ އިރުޝާދުގެމަތިން ލެބޯރެޓަރީގައި ކުރަންޖެހޭ މަސައްކަތް ކުރުން.
2. ލެބޯރެޓަރީގެ އެކިއެކި އިކްއިޕްމަންޓްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
3. ލެބޯރެޓަރީގެ އިކުއިޕްމަންޓްތައް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.
4. ޕްރެކްޓިކަލް ގަޑިތަކަށް ބޭނުންވާ ކެމިކަލާއި އިކްއިޕްމަންޓް ނަގައި، އެކަމަށް ތައްޔާރުކުރުމުގެގޮތުން ޓީޗަރުން އަންގާގޮތެއްގެމަތިން ތަކެތި ތައްޔާރުކޮށްދިނުމާއި، ޕްރެކްޓިކަލް ނިމުމުން އެތަކެތި އަނބުރާ ހުރިތަނަށްލުމާއި، މި މަސައްކަތް ސުޕަވައިޒްކުރުން.
5. ލެބޯރެޓަރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، ރައްކާތެރިގޮތުގައި އިކްއިޕްމަންޓްތަކާއި، ކެމިކަލްތައް ބެލެހެއްޓުމާއި، މި މަސައްކަތް ސުޕަވައިޒްކުރުން.
6. ލެބޯރެޓަރީން މަދުވާ ކެމިކަލް ލެބް ކޯޑިނޭޓަރުގެ ބެލުމުގެދަށުން އޮފީސް މެދުވެރިކޮށް ލެބޯރެޓަރީއަށް މަދުނުވާވަރަށް ހޯދުމުގެ ލިސްޓުތައް ތައްޔާރުކުރުމާއި، މި މަސައްކަތް ސުޕަވައިޒްކުރުން.
7. ލެބޯރެޓަރީ ޕްރެކްޓިކަލްތަކަށް، ފީލްޑް ވިޒިޓްތަކަށް ބޭނުންވާ ތަކެތި ސްޓޮކުން ރިކުއެސްޓްކޮށްގެން ހޯދުމާއި، ސައިންސް ފީލްޑްޓްރިޕްތަކުގައި ބައިވެރިވުން.
8. ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ކުރުން.
9. އޮފީހުން އަންގާ ގޮތެއްގެމަތީން ނުރަސްމީ ގަޑީގައި އޮފީހުގެ ޑިއުޓީއަށް ނިކުތުން.
10. މަތީގައިވާ ކަންތައްތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.
|