މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ރަޖިސްޓަރީ ސެޓުފިކެޓު ޗާޕުކުރުމަށް ބޭނުންވެއްޖެ

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ޗާޕްކުރުމަށް ބޭނުންވެގެން 2016 މޭ 09 ވަނަދުވަހު ކުރި ނަންބަރު (IUL)202-A/1/2016/53 އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން މި ތަކެތި ޗާޕުކުރުމަށް އިޢުލާން ކުރަމެވެ.

  • ރަޖިސްޓަރީ ސެޓުފިކެޓް

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 25 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 30 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

10 ޝަޢުބާން 1437

17 މޭ 2016
ހޯދާ