ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމުގެ ނަން: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: ޖީ. އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
ބޭނުންވާ އަދަދު: 1 (އެކެއް)
މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/5020 ރުފިޔާ
- ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި ސެކްޝަން: ހދ. ނެއްލައިދޫ ސްކޫލް، އިދާރީ ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ރަށް: ހދ. ނެއްލައިދޫ
މަޤާމުގެ މަސްއޫލިއްތާއި ވާޖިބުތަކުގެ ޚުލާޞާ:
* ދާއިމީ މުވައްޒަފުންނާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
* މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
* މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީއާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
* ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތަކާއި ސްކޫލުން އެކިއެކި ބޭނުންތަކަށް އެކިފަރާތްތަކަށް ތަކެތި ދޫކުރުމާއި އަނބުރާ ގެނައުމުން އެތަކެތި ބަލައިގަނެ އެކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން.
* އިދާރީ ކަންތަކުގައި ސްކޫލުގެ ވެރިންނަށް އެހީތެރިވެދިނުން.
* ސްކޫލުގެ ރަސްމީ ދަތުރުތަކުގައި ރަށުންބޭރަށް ދިޔުން.
* ސްކޫލަށް ގެންނަންޖެހޭ މުދާ (ޓެކްސްޓް ފޮތް، ގޮނޑި، ޑެސްކު، މޭޒު ފަދަ ތަކެތި) ގެނައުމަށް ރަށުންބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރުން.
* ކިޔެވުމާ ގުޅޭގޮތުން ދަރިވަރުންނާއި ޓީޗަރުން އިންތިޒާމްކުރާ ތަޖުރިބާގެ ދަތުރުތަކުގައި ސްކޫލުން ހަމަޖައްސާ ކޯޑިނޭޓަރެއްގޮގޮތުން އެ ދަތުރުތަކުގައި ބައިވެރިވުން.
މަޤާމުގެ ޝަރުޠުތައް:
1. އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ހިޔުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
* ތަޢުލީމާއި ތަމްރީން.
* މަސައްކަތުގެ ތަޖުރިބާ.
* ލިބިފައިވާ ހުނަރު.
އިންޓަވިއު:
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަވިއު އޮންނާނީ، 29 މޭ 2016 އާއި 31 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައި، ނެއްލައިދޫ ސްކޫލުގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 މޭ 29 ވާ އާދީއްތަދުވަހުގެ 14.00 ގެ ކުރިން މި ސްކޫލުގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
2. ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ލިޔުންތައް (އެކްރެޑިޓްކޮށް، ތައްގަނޑު ޖަހާފައިވާ ކޮޕީ)
3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
5. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު/ސީވީ (ވަނަވަރު ތައްޔާރުކުރަންވާނީ ދިވެހިބަހުންނެވެ.)
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6520534 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6520534 އެވެ.
..............................
9 ޝަޢުބާން 1437