މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ފެޑްސެންޓަރުގެ ބައެއް މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ގާއިމުކުރެވިފައިވާ ފެޑްސެންޓަރުގެ ބައެއް މަރާމާތު މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-C/30/2016/28 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށް ބޭފުޅުން ވަޑައިގެންފައި ނުވާތީ މި އިޢުލާން ބާޠިލުކޮށް، ތިރީގައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

  1. ގޭޓް ބޮޑުކުރުން
  2. 2 ގުދަނުގައި އިމަޖެންސީ ދޮރު ހަރުކުރުން

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2016 މޭ 23 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ،3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

‏‏‏09 ޝަޢުބާން‏ 1437

16 މޭ 2016
ހޯދާ