ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ގެއެއް/ އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް

އިޢުލާން

ދ. އަތޮޅު ހޮސްޕިޓަލަށް ގެޔެއް/ އެޕާޓްމަންޓެއް ކުއްޔަށް ހިފުމާ ބެހޭ

މި ހޮސްޕިޓަލުގެ ބޭނުމަށް 2 ނުވަތަ 3 ކޮޓަރީގެ ގެއެއް/ އެޕާޓްމަންޓެއް ކުއްޔަށްހިފަން ކުރި ނަންބަރު: DHAH/2016/10 އިޢުލާނާ ގުޅިގެން އެއްވެސް ބޭފުޅަކު މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިފަދަ ތަނެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތް ފިޔަވައި އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ހޯއްދެއްވުމަށް ހާޒިރުވާނަމަ، އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއެކު ފޮނުއްވުން އެދެމެވެ.

09 ޝަޢުބާން 1437

16 މޭ 2016
ހޯދާ