ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ސީނިއަރ ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް:

ސީނިއަރ ޑްރައިވަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

އެސް. އެސް. 3 / ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒިފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް:

އޮޕަރޭޝަންސް ސެކްޝަން/  ޕަބްލިކް ވަރކްސް ސަރވިސަސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/3،875 ރުފިޔާ

- ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޔުނިޓުގެ ބޭނުމަށް ވެހިކަލްތަކުގައި ކުރަންޖެހޭ ދަތުރުތައް ކުރުން.

2. ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.

3. ކަނޑައެޅިފައިވާ ޝެޑިއުލްތަކާ އެއްގޮތްވާގޮތުގެމަތިން ވެހިކަލްތައް ސަރވިސްކޮށް ބެލެހެއްޓުން.

4. ވެހިކަލްތަކަށް މުދާ އަރުވައި ބޭލުމާއި، އެފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުން.

5. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް، ހަވާލުވެހުންނެވި ވެރިއެއްގެ ލަފާގެމަތިން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ، ހީވާގި މީހެއްކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 25 ވާ ބުދަ ދުވަހުގެ 14:00 އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ.  މެއިލް ކުރާނީ، [email protected] އަށެވެ. ވަޒީފާއަށް އެދޭ ފޯމު މެއިލްކުރާ ހުރިހާ ފަރާތްތަކުން، ޑޮކިއުމަންޓްތައް ރިސީވްވިތޯ ބެލުމަށް 3020815 ނަންބަރު ފޯނާ ގުޅައިގެން، ރަސްމީގަޑި ނިމުމުގެ ކުރިން ޔަގީންކުރުން އެދެމެވެ.)

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

4 ޝަޢުބާން 1437

11 މޭ 2016
ހޯދާ