ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދޮޅިދާންގޭގެ ހުޅަނގުފަރާތު ފާރާއި އުތުރުފަރާތުގެ ހަރިންމަ ފާރު ރޭނުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި ފޯމުދޫކުރުން އޮންނާނީ، 2016 މޭ 17 ވަނަ ދުވަހުގެ 13:00 ގައި މަލްޓިޕާޕަސް ޢިމާރާތުގެ ސެމިނާ ރޫމްގައެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ، 2016 މޭ 22 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕަސް ޢިމާރާތުގެ ސެމިނާ ރޫމްގައެވެ. މަޢުލޫމާތު ނުނަންގަވާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ. މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ. ބިޑްތައް އިވެލުއޭޓުކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
މަސައްކަތުގެ ޖުމުލަ އަގު |
75% |
މުއްދަތު |
25% |
އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
05 ޝަޢުބާން 1437