މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން މިރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތާ ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ގަބޫލެއްނުކުރެވޭނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 ޖޫން 1 ވާ ބުދަ ދުވަހުގެ 10:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

ހ. "ރ. ކިނޮޅަހުގައި ޤާއިމުކުރެވޭ ބަށިކޯޓު އެޅުމުގެ މަޝްރޫޢު"

ށ. އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް/ ކުންފުންޏެއްނަމަ ކުންފުނީގެ ނަން

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

9 ޝަޢުބާން 1437

16 މޭ 2016
ހޯދާ