ދިވެހިރާއްޖެ
އިޢުލާން
ތުޅާދޫގައި މިހާރު މީހުން ދިރިއުޅޭ ސަރަޙައްދުގެ ވަށައިގެންވާ ބޮޑުމަގު "އަންނި މަގު" ގައި ބައްތިޖެހުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ބްރޭންޑުގެ 16 ޑިސްޓްރިބިއުޝަންފޮށި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
16 ޑިސްޓްރިބިއުޝަން ފޮށި (500x600x200 މިލިމީޓަރ) GRP ވެދަރ ޕްރޫޕް، ވޯޓަރ ޕްރޫފް (ބެކް ޕްލެޓާ، ޑިންރެއިލާއެކު)
- ޕޮއިންޓުދެވޭނެ އުސޫލު:
މާކުސް ދެވޭ ކްރައިޓީރިއާ |
މާކުސް ދެވޭ ގޮތް |
ތަފުސީލު |
ފޯމިއުލާ |
އަގު |
% 75 |
މާކުސް ދެވޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗު މާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ. |
(Benchmark price/submitted price) x Allocated Percentage |
މުއްދަތު |
% 20 |
މާކުސް ދެވޭނީ މި ކައުންސިލުގެ ބިޑް އިވެލުއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗު މާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ. |
(Submitted Year of Experience/Bench mark year) x Allocated Percentage |
ތަޖުރިބާ |
% 5 |
މާކުސް ދެވޭނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖުރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) މުއްދަތުގެ ތެރެއިން އެންމެ ދިގު މުއްދަތަކީ ބެންޗު މާކެއް ކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ. |
(Profile marks /Bench mark profile marks) x Allocated Percentage |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 24 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި، 6600006 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ފޮނުވާ ފަރާތްތަކަށް މަޢުލޫމާތު ދެވޭނީ މަޢުލޫމާތު ސާފުކުރާ ފަރާތުގެ ލިޔުމެއް ހުށަހެޅުއްވުމުންނެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ކައުންސިލުގެ މީޓިންގ ރޫމުގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
04 ޝަޢުބާން 1437