ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|
މަޤާމް: |
ސުޕަވައިޒަރ |
މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަން: |
ޖީ. އެސް. 3 / އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ގިންތި: |
ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒިފާ އަދާކުރަންޖެހޭ ސެކްޝަން، އޮފީސް، ރަށް: |
އޮޕަރޭޝަންސް ސެކްޝަން/ ޕަބްލިކް ވަރކްސް ސަރވިސަސް / ކ. މާލެ |
މުސާރައާއި ޢިނާޔަތްތައް: |
- މުސާރަ: މަހަކު -/4،465 ރުފިޔާ - ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ - އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35 - އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެ. |
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
1. ރަސްފަންނާއި ޕާކުތައް ބެލެހެއްޓުމާއި، މިތަންތަނުގައި ހުންނަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން. 2. ރަސްފަންނާއި ޕާކުތައް މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުމުގައި ކަމާބެހޭ ޔުނިޓްތަކަށް އެހީތެރިވުން. 3. ރަސްފަންނާއި ޕާކުތަކުގެ ޑިއުޓީ ޝެޑިއުލްކުރުން. 4. ރަސްފަންނާއި ޕާކްތަކުގައި ބޭއްވޭ އިވެންޓްތައް ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުން. 5. ރަސްފަންނާއި ޕާކުތަކުގައި ކުރެވޭ މަސައްކަތްތަކުގެ ރެކޯޑު ބެލެހެއްޓުން. 6. ރަސްފަންނާއި ޕާކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުގަޑީގެ ރިކޯޑު ބެލެހެއްޓުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
1. ތަޢުލީމާއި ތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. އިންޓަވިއު. 4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު. 5. ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން. 6. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން. |
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު: |
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 25 ވާ ބުދަދުވަހުގެ 14:00 އެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލޭ އޮފީހުންނެވެ. މެއިލް ކުރާނީ، [email protected] އަށެވެ. ވަޒީފާއަށް އެދޭ ފޯމު މެއިލްކުރާ ހުރިހާ ފަރާތްތަކުން، ޑޮކިއުމަންޓްތައް ރިސީވްވިތޯ ބެލުމަށް 3020815 ނަންބަރު ފޯނާ ގުޅައިގެން، ރަސްމީގަޑި ނިމުމުގެ ކުރިން ޔަގީންކުރުން އެދެމެވެ.) 2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. |
އިތުރު މަޢުލޫމާތު: |
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. - އިތުރު މަޢުލޫމާތު ސާފުކުރުމަށް ނަންބަރު 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުން އެދެމެވެ. |
4 ޝަޢުބާން 1437 |