ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޕްރޮވިޝަން އޮފް ވޯޓަރ ސަޕްލައި ސެނިޓޭޝަން އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް (އޮފިޑް ފޭސް 2 ލޯކަލް ކޮމްޕޮނަންޓް)،ހަ (06) ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް (ރިޓެންޑަރ):
1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް 6 (ހައެއް) ރަށަކަށް (ހދ. ފިނޭ، ހދ. ހިރިމަރަދޫ، ހދ. ކުރިނބީ، ހދ. މަކުނުދޫ، ށ. މިލަންދޫ އަދި ށ. ކޮމަންޑޫއަށް) ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-K1/13/2015/61 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
2. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
3. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 19 މޭ 2016 އިން 30 މޭ 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
4. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން : 3349191 3349106
ފެކްސް : 3320706 3324432
އީމެއިލް : [email protected]
ކޮޕީ : [email protected]
5. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މަތީގައިވާ އީމެއިލް އެޑްރެހަށެވެ.
6. މި ޕްރޮޖެކްޓަށް -/25,000 ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑްހުށައަޅާ ތާރީޚުން ފެށިގެން 119 ދުވަހެވެ.
7. ބީލަން ހުޅުވުން އޮންނާނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރައި ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
8. މި އިޢުލާން މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.
