ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު އެއަރޕޯޓުގެ ފިހާރަ ކުއްޔަށް ދިނުން
އިޢުލާން
ފިހާރަ ކުއްޔަށްދިނުމާ ބެހޭ
ފުވައްމުލަކު އެއަރޕޯޓުގެ ފިހާރަ ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު (IUL)448/1/2015/22) ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ފުވައްމުލަކު އެއަރޕޯޓް އޮފީހަށް ނުވަތަ ރީޖަނަލް އެއަރޕޯޓްސް، ވެލާނާގޭ 11 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 16 ވާ ހޯމަ ދުވަހުގެ 13:00 އަށް ފުވައްމުލަކު އެއަރޕޯޓް އޮފީހަށް ނުވަތަ ރީޖަނަލް އެއަރޕޯޓްހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
01 ޝަޢުބާން 1437
08 މޭ 2016
ހޯދާ