ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާއަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއެޖެއެވެ.
މަޤާމް: މަސައްކަތު
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
މަޤާމުގެ ރޭންކް: އެސް. އެސް. 1 (ސަޕޯޓް ސަރވިސް)
މަޤާމް އޮތް އިދާރާއާއި މަސައްކަތްކުރަންޖެހޭ ތަން: މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނު، ހއ. ތަކަންދޫ
މުސާރަ: މަހަކު -/3،100 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ
އުޖޫރައާއި ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސް ލިބޭނެއެވެ.
ބޭނުންވާ އަދަދު: 1 (އެކެއް)
ފެންވަރު ނުވަތަ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ކަނޑައެޅިފައިވާ ގޮތުގެމަތިން ގަޑިއަށް ސުކޫލަށް ހާޒިރުވުން.
- ކިޔެވުން އޮންނަ ދުވަސްތަކުގައި ސެޝަންފެށުމުގެ ކުރިން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކުލާސްތައް ފޮޅައި ސާފުކުރުން.
- ކޮންމެ ދުވަހަކު 1 ފަހަރު އޮފީހާއި ކޮމްޕިއުޓަރ ލެބުގައިވާ ފަރުނީޗަރާއި ތޭރިތައްވެސް ފޮޅައި ސާފުކުރުން.
- ދަރިވަރުންނާއި މުވައްޒަފުންނަށް ސުކޫލުގެ ގޯތިތެރެއިން ސާފު ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، މަދުވެގެން ހަފްތާއަކު 1 ފަހަރު ތާނގިތައް ބަލައި ޗެކުކުރުން.
- ދަރިވަރުންނާއި މުވައްޒަފުންގެ ފާޚާނާ ސާފުކޮށް ބެލެހެއްޓުމާއި، ފާޚާނާ ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ސުކޫލުގެ އެންމެހައި ސަރަހައްދު، ކުނިކަހައި ވިނަނޮޅައި ސާފުކުރުން.
- ސުކޫލުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ކަމާބެހޭ ފަރާތްތަކަށް ހަވާލުކުރުން.
- އެކިއެކި ގޮތްގޮތުން ސުކޫލަށް ލިބޭ ތަކެތި ސުކޫލުގެ ގުދަނާ ހަމައަށް ގެނެސެދިނުން.
- ޖަލްސާތަކަށާއި، ބައްދަލުވުންތަކަށް ހޯލު ތައްޔާރުކުރުމާއި، ކުލާސްތައް ރޭވުން.
- ސުކޫލުގެ ތެރޭގައި ނުވަތަ ސުކޫލުން ބޭރުގައިވިއަސް ކިޔަވާކުދިންގެ ނަމޫނާއެއްކަމުގައިވާގޮތަށް ތިމާގެ އުޅުމާއި އަޚްލާޤު ބެހެއްޓުން.
- ރަސްމީގަޑީގައި، ހަމަޖެހިފައިވާގޮތުގެ މަތިން މުވައްޒަފުން ބޭރަށް ދިޔުމާއި، އެފަދަ އުސޫލުތައް ދެމެހެއްޓުމަށް މަސައްކަތްކުރުން.
- ސްކޫލުގެ އެތެރޭގައި ގަސްއިންދައި، ފެންދީ ބެލެހެއްޓުން.
- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާންމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައްޔާއި، ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.
މަޤާމަށް އެދެންވީ ސުންގަޑި:
މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، 2016 މޭ 24 ވާ އަންގާރަދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާގުޅޭ ލިޔުންތައް މި މަދަރުސާއަށް ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި މަދަރުސާއިންވެސް މި ފޯމު ލިބެން ހުންނާނެއެވެ.
އިންޓަވިއު ކުރުން:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، ޢިއުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި، ޝަރުޠު ހަމަވާ ފަރާތްތަކަށް އެންގޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ތަޢުލީމީ ފެންވަރު
- މަސައްކަތުގެ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް
ހުށަހަޅަންޖެހޭ ލިޔުންތައް:
- ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ސިވިލް ސަރވިސްއަށް / ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން (މި މަދަރުސާގައި ވަޒީފާ އަދާކުރަމުންދާ ފާރާތެއްނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި މަދަރުސާގެ 6500576 ނަންބަރު ފޯނާއެވެ.
05 ޝަޢުބާން 1437