ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެންބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލްއާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން
2016 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެންބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލްއާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2016 މޭ 15 އިން ފެށިގެން 2016 ޖޫން 5 ވަނަ ދުވަހުގެ ނިޔަލަށް މި ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:15 ން 13:45 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި ފީ ޝީޓު މި ޑިޕާޓްމަންޓުންނާއި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.
02 ޝަޢުބާން 1437