މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ހެޑް އޮފީހަށް، ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

އެޗް.އާރް. އޮފިސަރ، ގްރޭޑް 1 (ޓްރޭނީ)

ބޭނުންވާ އަދަދު:

2 (ދޭއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް. އެސް. 2 – ގްރޭޑް 1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ކޯޕަރޭޝަންގެ ހެޑް އޮފީސް

މަސައްކަތްކުރާ ޑިޕާޓްމަންޓް: 

ހިއުމަން ރިސޯސް ޑިޕާޓްމަންޓް

 

ފެންވަރު ނުވަތަ ޝަރުޠު:

- ޖީސީއީ އޯލެލް / އޭލެވެލް 3 މާއްދާއިން ފާސްވެފައިވުމާއި، ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން އެމްކިއުއޭ ލެވެލް 4 ގެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮމްޕިއުޓަރުގެ ނޮލެޖް ހުރުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަވުން.

 

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- މުވައްޒަފުންނާ ގުޅުންހުރި އެޗް.އާރުގެ އެންމެހައި މަސައްކަތްތަށް ކުރުން

- މުވައްޒަފުންނާބެހޭ މަޢުލޫމާތުތައް އެޗް.އާރ ސޮފްޓްވެއަރއަށް އެންޓަރކޮށް، އަޕްޑޭޓްކޮށް ބެލެހެއްޓުން.

- އެޗް.އާރާ ގުޅުންހުރި ސައިޓްތަކުގެ މަސައްކަތް ކުރުން.

- ހާޒިރީ ޗެކްކޮށް، ހާޒިރީ ރިޕޯޓް މަހުން މަހަށް ހަދައި ފައިލްކުރުން.

- ޑިޕާޓްމަންޓަށް ބޭނުންވާ ތަކެއްޗަށާއި ޚިދުމަތްތައް ހޯދުމަށްޓަކައި ޕްރޮކިއުމަންޓް ރިކުއެސްޓް ތައްޔާރުކޮށް ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ފޮނުވުން.

- ކުންފުނީގެ ރީޖަނަލް ސައިޓްތަކަށް ފޮނުވާ ލިޔެކިއުންތައް ތައްޔާރުކޮށް ފޮނުވުން (މެއިލްކުރުން)

- އެޗް.އާރު ޑިޕޓްމަންޓާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އެކައުންޓްސް އޮފިސަރ، ގްރޭޑް 1 (ޓްރޭނީ)

ބޭނުންވާ އަދަދު:

2 (ދޭއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް. އެސް. 2 – ގްރޭޑް 1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ކޯޕަރޭޝަންގެ ހެޑް އޮފީސް

މަސައްކަތްކުރާ ޑިޕާޓްމަންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމަންޓް

 

ފެންވަރު ނުވަތަ ޝަރުޠު:

- ޖީސީއީ އޯލެލް / އޭލެވެލް އެކައުންޓިންގ ހިމެނޭގޮތަށް 3 މާއްދާއިން ފާސްވެފައިވުމާއި، ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން އެމްކިއުއޭ ލެވެލް 4 ގެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތާ ގުޅޭ ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ފައިނޭންސް އެންޑް އެކައުންޓްސްގެ މަސައްކަތް ކުރުން.

- ޕޭޔަބްލްސް އަދި ރިސީވަބްލްސްގެ މަސައްކަތް ކުރުމާއި، ޕީއޯ ތައްޔާރުކުރުން.

- ޕޭމަންޓް ވައުޗަރާއި، ޗެކް ތައްޔާރުކޮށް އިޝޫކުރުން.

- ޑިޕާޓްމަންޓާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމް:

އެސިސްޓެންޓް ސްޕަވައިޒަރ، ގްރޭޑް 1

ބޭނުންވާ އަދަދު:

5 (ފަހެއް)

މަޤާމުގެ ކްލެސިފިކޭޝަން / ރޭންކް:

އެސް. އެސް. 2 – ގްރޭޑް 1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

ކޯޕަރޭޝަންގެ ހެޑް އޮފީސް

މަސައްކަތްކުރާ ޑިޕާޓްމަންޓް: 

ޕްރޮޖެކްޓްސް އިޕްލިމަންޓޭޝަން ޑިޕާޓްމަންޓް

 

 

ފެންވަރު ނުވަތަ ޝަރުޠު:

- ޖީސީއީ އޯލެލް / އޭލެވެލް 3 މާއްދާއިން ފާސްވެފައިވުމާއި، ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން އެމްކިއުއޭ ލެވެލް 4 ގެ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮމްޕިއުޓަރުގެ ނޮލެޖް ހުރުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަވުން.

- އެކިއެކި ޕްރޮޖެކްސް ރާވައި ހިންގުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު، އެކަން ސާބިތުކޮށްދިނުން.

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

 

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނިން ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ އެންމެހައި ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުން ރާވައި ހިންގުން.

- ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށްގެންދާގޮތް މޮނިޓަރކުރުން.

- ސުޕަވައިޒްކުރާ މަސައްކަތްތައް ކުރިއަށްދާ ގޮތާއި، މަސައްކަތްތައް ނިމޭވަރު، ކޮންމެ ދުވަހަކު ވެރިންނާ ހިއްސާކުރުން.

- މަސައްކަތުގެ ތެރެއިން ދިމާވާ މައްސަލަތައް ވަގުތުންވަގުތަށް ޙައްލުކުރުމާއި، ވަގުތުން ޙައްލުނުކުރެވޭވަރުގެ މައްސަލަތައް، ވެރިންގެ މަޝްވަރާގެމަތިން ޙައްލުކުރުން.

މަޤާމް:

އޮފީސް އެސިސްޓެންޓް، ގްރޭޑް 1

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން / ރޭންކް:

އެސް. އެސް. 1 – ގްރޭޑް 1

މުސާރަ:

މަހަކު -/4080 (ހަތަރުހާސް އަށްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މި ކޯޕަރޭޝަންގެ ހެޑް އޮފީސް

މަސައްކަތްކުރާ ޑިޕާޓްމަންޓް: 

އެކައުންޓިންގ އެންޑް ފައިނޭސް ޑިޕާޓްމަންޓް

 

ފެންވަރު ނުވަތަ ޝަރުޠު:

- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، އަސާސީ ތަޢުލީމް ފެންވަރުހުރި މީހަކުކަމުގައިވުން.

- ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު، ދިވެހިބަހާއި އިނގިރޭސިބަހަށް ފަރިތަ މީހުންނަށް އިސްކަންދޭނެ.

- އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ A1 / AO ކެޓެގަރީގެ ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ އިންވޮއިސްއާއި ސިޓީ ފަދަ ތަކެތި އެފަރާތްތަކާ ހަވާލުކުރުން.

- ކުންފުނިން އެކިފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ ޗެކް ހިފައިގެން ގޮސް އެފަރާތްތަކަށް ހަވާލުކުރުން.

- ޑިޕާޓްމަންޓާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި:

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، މި ކުންފުނީގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިމިވާ ތަކެއްޗާއެކު، 2016 މޭ 19 ބުރާސްފަތިދުވަހުގެ 15:00 ގެ ކުރިން، މި ކޯޕަރޭޝަނުގެ ހެޑް އޮފީހަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މީހާގެ ވަނަވަރު،
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ،
  4. ޕާސްޕޯޓް ސައިޒުގެ 2 ފޮޓޯ،
  5. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން،
  6. ތިންމަސްދުވަސް ހަމަނުވާ، ޕޮލިސް ރިޕޯޓް.

ވަޒީފާދޭ މުއްދަތާއި، ދާއިމީކުރެވޭ ގޮތް:

މި ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްދުވަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި، ފެންވަރަށް ބަލައި ވަޒީފާ ދާއިމީކުރެވޭނެއެވެ.

އިންޓަވިއު:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މި ކުންފުނީގެ ފޯނު 3312904 ނަންބަރު ގުޅުން އެދެމެވެ.

5 ޝަޢުބާން 1437

12 މޭ 2016
ހޯދާ