ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމް (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިސްކިތު  އިމާމުންނާއި  މުދިމުން  ޗުއްޓީ  ނެގުމުންނާއި  ސަލާމްބުނުމުން  ނުވަތަ  އާއިލީ  ޒިންމާ  ޗުއްޓީނެގުމުން  ނުވަތަ  ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިވުމުން އެ މަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށްނަގާ މުއްދަތުގައި، ވޭޖް އެމްޕްލޯއިމަންޓުގެ ދަށުން، ތިރީގައިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް: އިމާމު / މުދިމް (ވަގުތީ)

ބޭނުންވާ އަދަދު: 2 (ދޭއް)            

މަޤާމުގެ ބާވަތް: ވޭޖް އެމްޕްލޯއިމަންޓް

މަޤާމު މުއްދަތު: މީލާދީ 1 އަހަރުދުވަސް

މަސައްކަތް ކުރަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ތުރާކުނު މިސްކިތްތައް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކޮންމެ ނަމާދު ވަގުތެއްގެ ކުރިން މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއެކު، ފަރުޟު ފަސްނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމްވެ ނަމާދުކުރުން.
  • މިސްކިތްތަކަށް ލިބެމުންދާ ގެއްލުންތަކާއި މިސްކިތަށް ދަތިވާ ކޮންމެކަމެއް ކައުންސިލް އިދާރާއަށް އަންގައި އެކަން ރަނގަޅުކުރެވޭތޯ ބެލުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، ކައުންސިލް އިދާރާއަށް އަންގައިގެން އެކަން ޙައްލުކުރުން.
  • މިސްކިތުގެ މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި، ކައުންސިލުން އަންގާގޮތެއްގެމަތިން އެމީހުންލައްވައި މަސައްކަތް ކުރުވުން.
  • ކައުންސިލް އިދާރާއިން އެއިރަކު ހަމަޖައްސަވާ މިސްކިތެއްގައި އިމާމުވެ ބަންގިގޮވުމާއި، ފަރުޟު ފަސްނަމާދު ޖަމާޢަތުގައިކުރުން.
  • ކައުންސިލް އިދާރާއިން އަންގައިފި ހިނދެއްގައި ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތެއްގެމަތިން ކަށުނަމާދު ކުރުމާއި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރުން.
  • މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތާ ބެހޭގޮތުން ރައްޔިތުން ކުރާ ޝަކުވާގެ އަޑުއަހައި، އެ ޝަކުވާތައް ކައުންސިލްގެ އިދާރާއަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

މަޤާމުގެ ރޭންކާއި، ކެލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މުސާރަ

ސަރވިސް އެލަވަންސް

އިމާމު

ޖީ.އެސް. 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކޮންމެ ނަމާދު ވަގުތުތަކަށް 29/77  ރުފިޔާ (ނަވާވީސް ރުފިޔާ / ހަތްދިހަ ހަތްލާރި)

ކޮންމެ ނަމާދު ވަގުތަކަށް -/10 ރުފިޔާ (ދިހަ ރުފިޔާ)

މުދިމު

ޖީ.އެސް. 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން ދަންނަ ފަރާތެއްކަމުގައިވުން.

(މަތީގައިވާ މަޤާމަށް ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުން، މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ނަމަވެސް މި މަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުޠު ހަމަވާ ފަރާތެއް ލިބިފައިނުވާނަމައެވެ.

ކޮންމެ ނަމާދު ވަގުތުތަކަށް 23/77  ރުފިޔާ (ތޭވީސް ރުފިޔާ / ހަތްދިހަ ހަތްލާރި)

ކޮންމެ ނަމާދު ވަގުތަކަށް -/10 ރުފިޔާ (ދިހަ ރުފިޔާ)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި، ޤާބިލްކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި، އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
2016 މޭ 25 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތުރާކުނު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) )

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500035 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500035 އެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.

4 ޝަޢުބާން 1437

11 މޭ 2016
ހޯދާ