ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
މަޤާމުގެ ރޭންކް: ޖީ. އެސް. 3
މަޤާމުގެ ކުލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
އިދާރާ: ފޮއްދޫ ކައުންސިލްގެ އިދާރާ
ސެކްޝަން: ކޯޕަރޭޓިވް އެފެއާޒް
ވަޒީފާ އަދާކުރަންޖެހޭ ތަން: މިލަދުންމަޑުލު ދެކުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
މުސާރަ: މަހަކު -/4465 ރުފިޔާ ( ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)
ސަރވިސް އެލަވަންސް: -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ޝަރުޠު:
1. އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޓިވް / މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހު މަސައްކަތްކޮށް، ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
1. ކައުންސިލް އިދާރާއަށް ލިބޭ ލިޔެކިއުންތައް ބަލައިގަނެ، އެންޓްރީކޮށް، ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.
2. މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން.
3. ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
4. ކައުންސިލް ބައްދަލުވުންތައް އިންތިޒާމް ހަމަޖެއްސުން.
5. ކައުންސިލް އިދާރާއިން ހައްދާ އައިޑީ ކާޑުގެ އެންމެހައި ކަންކަން ކުރުން.
6. މުވައްޒަފުންގެ ރެކޯޑް ލިޔެ ބެލެހެއްޓުން.
7. ކައުންސިލް ބައްދަލުވުންތަކުގެ ސެކެރިއޭޓް ބެލެހެއްޓުމުގައި އެހީތެރިވުން.
8. ރަށުފަޅުން ދޫކުރާ ވެއްޔާއި އަކިރީގެ ހިސާބު ބެލެހެއްޓުން.
9. ކައުންސިލް އިދާރާއިން ހިންގާ ޕްރޮޖެކްޓްތައް ބެލެހެއްޓުން.
10. ނީލަން ކިޔާ މުދަލުގެ ހިސާބު ބެލެއްޓުން.
11. ވިޔަފާރިކުރާ ތަންތަނުގެ ރަޖިސްޓްރީ ބެލެހެއްޓުން.
12. ކުލީ ބިންތަކުގެ ކަންތައް ބެލެހެއްޓުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:
2016 މޭ 26 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާގައި.
މަޤާމަށް އެދެންވި ގޮތާއި ސުންގަޑި:
2016 މޭ 23 ވާ ހޯމަދުވަހުގެ 13.00 ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާއަށް.
އުޖޫރައާއި ޢިނާޔަތްތައް:
އިތުރުގަޑީގެ މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
2. ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފަކު މި މަޤާމަށް ކުރިމަތިލައިގެން މަޤާމަށް ހޮވިއްޖެނަމަ، އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެއްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ވަޒީފާ އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓް، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
5. ވަޒީފާ އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6560016 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560017 އަށެވެ. އީ މެއިލް ކުރާނީ، [email protected] އަށެވެ.
3 ޝަޢުބާން 1437