މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީގެ އެކި އިވެންޓްތައް ކަވަރުކުރުމަށް ދަތުރުކުރާނެ ވޭނެއް ހޯދަން ބޭނުންވެއްޖެ.

އިޢުލާން

މި މިނިސްޓްރީގެ އެކި އިވެންޓްތައް ކަވަރުކުރުމަށް ވޭނެއް ހޯދަންބޭނުންވެގެން ކުރެވުނު ނަންބަރު (IUL)142-A1/1/2016/46 އިޢުލާނާ ގުޅިގެން އަންދާސީހިސާބު އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ވޭން ހޯއްދަވައިދެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 2016 މޭ 18 ވާ ބުދަ ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މިނިސްޓްރީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަމަވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3020264 އަށެވެ.

05 ޝަޢުބާން 1437

 

12 މޭ 2016
ހޯދާ