މަޤާމް:
|
ވޮޗަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް: އެސް.އެސް. 1
|
މުސާރަ:
|
މަހަކު -/3100 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1000 ރުފިޔާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ތ. ވަންދޫ ޞިއްޙީ މަރުކަޒު
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
- ޞިއްޙީ މަރުކަޒާއި ޞިއްޙީ މަރުކަޒުގޯތީގެ ސެކިއުރިޓީއާބެހޭ އެންމެހައި ކަންތައްތައް ރަނގަޅަށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ އިމާރާތާއި، މަރުކަޒުގެ ގޯތި ހިމެނޭ ސަރަހައްދުގައި ގަވާއިދާ ޚިލާފު އެއްވެސްކަމެއް ހިނގާނަމަ، އެކަމެއް ޙައްލުކުރުމާއި، ޙައްލުނުކުރެވޭވަރުގެ މައްސަލައެއް ދިމާވެއްޖެނަމަ، ތަނުގައި އެވަގުތަކު ހުންނެވި އެންމެއިސް ފަރާތަށް ވަގުތުން އެންގުން.
- ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ކަންތައް ގަވާއިދާ އެއްގޮތަށް ކޮންޓްރޯލްކޮށް ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒަށް ގެންނަންޖެހޭ ތަކެތި ގެންނަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން.
|
ތަޢުލީމާއި ތަޖުރިބާ:
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
|
ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
- ކަނޑައެޅިފައިވާ އުސޫލެއްގެމަތިން ރިސްކް އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ހެލްތު މިނިސްޓްރީގެ www.health.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި:
|
2016 މޭ 25 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒަށް ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ޖޫންމަހުގައި ތ. ވަންދޫ ޞިއްޙީ މަރުކަޒުގައެވެ.
ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ސާފުކުރަން ގުޅާނެ ނަންބަރަކީ، 6780045 އެވެ.
|