|
މަޤާމް:
|
ލެކްޗަރަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މުސާރަ:
|
މަހަކު 12،687/50 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 5،437/50 ރުފިޔާ
|
|
އޮފީސް:
|
ފެކަލްޓީ އޮފް ސައިންސް (ކ. މާލެ)
|
ގްރޭޑް:
|
7
|
|
ދާއިރާ:
|
އިންފޮމޭޝަން ޓެކްނޮލޮޖީން ލެވެލް 7 އަދި ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން އަދި ސިސްކޯގެ ސެޓިފައިޑް އިންސްޓްރަކްޓަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވުން (ސީ.ސީއެން.ޕީ އަދި ސީ.ސީ.އެން.އޭ)
|
ސްޕައިން ޕޮއިންޓް
|
40
|
|
މަޤާމުގެ ޝަރުޠު:
|
އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދާއި ލެވެލް 9 ގެ ސަނަދެއް ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
|
|
ލެކްޗަރަރގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.
|
|
މަޤާމް:
|
އެސޯސިއޭޓް ލެކްޗަރަރ
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މުސާރަ:
|
މަހަކު 11،374/40 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 4،874/74 ރުފިޔާ
|
|
އޮފީސް:
|
ފެކަލްޓީ އޮފް ސައިންސް (ކ. މާލެ)
|
ގްރޭޑް:
|
6
|
|
ދާއިރާ:
|
އިންފޮމޭޝަން ޓެކްނޮލޮޖީން ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި ސިސްކޯގެ ސެޓިފައިޑް އިންސްޓްރަކްޓަރ ޓްރެއިނިންގ ފުރިހަމަކޮށްފައިވުން (ސީ.ސީއެން.ޕީ އަދި ސީ.ސީ.އެން.އޭ)
|
ސްޕައިން ޕޮއިންޓް:
|
37
|
|
މަޤާމުގެ ޝަރުޠު:
|
އެމް.ކިއު.އޭގެ ލެވެލް 7 ގެ ސަނަދެއް، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
|
|
މަސްއޫލިއްޔަތު:
|
-
ސިސްކޯ ނެޓްވޯރކިންގ އެކެޑެމީ ޕްރޮގުރާމްތައް ރާވައި ހިންގުން.
-
ސިސްކޯ އެކެޑެމީގެ ފެންވަރު ކަށަވަރުކުރާ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތްކޮށް ސްޑޭންޑަޑްތައް ހިފެހެއްޓުން.
-
ކޯހުގެ މުޤައްރަރާއި މަސައްކަތުގެ އޮނިގަނޑާ އެއްގޮތަށް ފިލާވަޅު ތައްޔާރުކޮށް ކިޔަވައިދިނުން.
-
ދަރިވަރުންނަށް ހަވާލުކުރެވޭ މަސައްކަތްތަކާއި އިމްތިޙާން ކަރުދާސްތައް މާކުކޮށް، މާރކްސްތައް އެކެޑެމީ ޕްލެޓްފޯމުގައި ބެލެހެއްޓުން.
-
ދަރިވަރުންނަށް ކިޔެވުމުގައި ދިމާވާ އެކިއެކި ކަންކަމުގައި ނަސޭހަތްތެރިވުމާއި، މަގުދެއްކުމާއި، ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ވަޒަންކުރުން.
-
އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.
-
ކިޔަވައިދިނުން ތަރައްޤީކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަގުތައް ހޯދައި ޕްލޭންކޮށް، ދެމެހެއްޓެނިވިގޮތެއްގައި ކިޔަވައިދިނުން ކުރިޔަށްގެންދިޔުން.
|
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޔުނިވަރސިޓީގެ ވެބްސައިޓުގެ، ތިރީގައިވާ ލިންކުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
ލިންކް: http://mnu.edu.mv/images/downloads/Job%20Application.pd
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
| ނޯޓް: |
-
މި އިޢުލާނާ ގުޅިގެން، ކުރިން ކުރެވުނު ނަންބަރު MNU-HR/2016/48 (2 މާރިޗު 2016) ގެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
-
އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއްނުކުރާނެއެވެ.
-
އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
-
އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
-
އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
-
މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓްފިކެޓް އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
-
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނިސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރރ އޮފީހުގެ ލިޔުމެކެވެ.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
|
2016 މޭ 22 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
|
އިތުރު މަޢުލޫމާތު:
|
-
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345131 ނަންބަރު ފޯނާއެވެ.
-
އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޮނުވާނެ އީމެއިލް އެޑްރެހަކީ، [email protected] އެވެ.
-
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލޭނީ، ވަޒީފާގެ
ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް
ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި،ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު
ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|