މޯލްޑިވްސް ސެންޓަރ ފޮރ އިސްލަމިކް ފައިނޭންސް ލިމިޓެޑް
ދިވެހިރާއްޖެ
ހެޑް އޮފް އިންފޮމޭޝަން ސިސްޓަމްސް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑަކީ، ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ތަރައްޤީކޮށް، ރާއްޖޭގެ އިސްލާމިކް ފައިނޭންސް އިންޑަސްޓްރީ ބޭރު ދުނިޔެއާ ގުޅުވައިދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ، ސައްތައިންސައްތަ  ދިވެހި ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.

މަޤާމް: ހެޑް އޮފް އިންފޮމޭޝަން ސިސްޓަމްސް

ބޭނުންވާ އަދަދު: 1 (އެކެއް)

 މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ކުންފުނީގެ ޓެކްނޮލޮޖިކަލް އިންފްރާސްރަކްޗަރ ބެލެހެއްޓުމާއި، އޭގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ލިބެވޭނެ އިންތިޒާމް ހަމަޖެއްސުން.
  2. ކުންފުނީގެ ވެބްސައިޓާއި، އީ-ލާރނިންގ ޕޯޓަލް ތަރައްޤީކުރުމާއި ބެލެހެއްޓުން.
  3. ކުންފުނީގެ މަސައްކަތުގައި ބޭނުންކުރަންޖެހޭ ތަފާތު ސިސްޓަމްތައް (އެޗް.އާރ.ސިސްޓަމް، އެކައުންޓިންގ ސިސްޓަމް) ހޯދައި ބެލެހެއްޓުމުގައި ކަމާގުޅޭ ޑިޕާޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.
  4. ކުންފުނިން އުފައްދާ ނުވަތަ ބަލަހައްޓާ މަޢުލޫމާތާއި ޑޭޓާ ރައްކާތެރިގޮތެއްގައި ގެންގުޅެވޭނެ އިންތިޒާމް ހަމަޖެއްސުން.
  5. ޓެކްނޮލޮޖީއާ ގުޅުންހުރި، ދުވަހުން ދުވަހަށް ދިމާވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  6. ކުންފުނީގެ ސްޓްރެޓީޖިކް އިންފޮމޭޝަން ޕްލޭން އެކުލަވައިލުމާއި ތަންފީޒްކުރުން.

 ތަޖުރިބާއާއި ހުނަރު:

އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި 7 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

  1. މައިކްރޯސޮފްޓް ސަޓިފައިޑް ސިސްޓަމް އެޑްމިނިސްޓްރޭޓަރ
  2. ލިނަކްސްގެ ތަޖުރިބާ ލިބިފައިވުން.
  3. ޕްރޮގްރާމިންގ ލެންގުއެޖްތަކުގެ (C,C++, Java, PhP, Asp.Net) ތަޖުރިބާހުރި މީހެއްކަމުގައިވުން.  
  4. ސަޓިފައިޑް ޑޭޓާބޭސް އެޑްމިނިސްޓްރޭޓަރެއްކަމުގައިވުން.
  5. އޮފީސް މާޙައުލުގައި ބޭނުންކުރާ ސާމާނުތަކަށް ޖެހޭ ތަފާތު މައްސަލަތަކުގެ ތަޖުރިބާ ލިބިފައިވުމާއެކު، އެފަދަ މައްސަލަތައް ލަސްނުކޮށް ޙައްލުކޮށްދެވޭނެ މީހަކުކަމުގައިވުން.
  6. މާލީ އިދާރާތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

 ތަޢުލީމީ ފެންވަރު:

- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 19 ވަނަ ދުވަހު 15:00 ގެ ކުރިން، [email protected] އަށް ސީ.ވީ. ފޮނުވުން އެދެމެވެ.

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް،

މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން: 9898887

8 ޝަޢުބާން 1437

15 މޭ 2016
ހޯދާ