ދިވެހިރާއްޖެ
މަޤާމް :ކާރގޯ ސަރވިސަސް އެޖެންޓް ޓްރެއިނީ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: މަޤާމް: ކާރގޯ ސަރވިސަސް އެޖެންޓް ޓްރެއިނީ ޖޮބް ރިފަރެންސް ނަންބަރު: 48/J/2016 ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކާރގޯގެ ޚިދުމަތް ދިނުމަށްޓަކައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ލައިން މެނޭޖަރަށް އެހީތެރިވެދިނުމުގެގޮތުން ކާރގޯގެގޮތުގައި ފޮނުވާ މުދަލާއި ލިބޭ މުދާ މޮނިޓަރކުރުމާއި، ލިޔެކިޔުންތައް ބެލެހެއްޓުމާއި، ކަސްޓަމަރުންގެ ޝަކުވާތަކަށް ޙައްލު ހޯދައިދިނުމާއި، ކާރގޯގެ ޚިދުމަތް ދިނުމަށް ބޭނުންކުރާ އެންމެހައި ތަކެތި ހުރީ ބޭނުންކުރެވޭ ހާލަތެއްގައިތޯއާއި ޚިދުމަތްދެވޭ ހާލަތެއްގައިތޯ ބަލައި ކަށަވަރުކުރުން. ފެންވަރު ނުވަތަ ޝަރުޠު: - މަތީ ސާނަވީ އިމްތިޙާން ފުރިހަމަކޮށް، އިނގިރޭސިއާއި ހިސާބުން ދަށްވެގެން ސީ ފާސް ލިބިފައިވުން. - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. - މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން. - މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން. - މި މަޤާމަށް މީހުން ހޮވުމުގައި، މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިފާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މަސައްކަތް ކުރަންޖެހޭ ތަން: ކާރގޯ ސަރވިސަސް / މާލެ |
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ www.maldivian.aero ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
އެޕްލިކޭޝަނާއި، ލިޔުންތައް ހުށަހަޅަންޖެހޭ އެޑްރެސް:
ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފީސް
މ. ރާވެރިގެ، މަޖީދީމަގު، މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 3331262 ފެކްސް ނަންބަރު: 3314806
އިތުރު މަޢުލޫމާތު:
- މި ވަޒީފާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.
- މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
2 ޝަޢުބާން 1437