މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޓެކްނިކަލް ކޮންސަލްޓަންޓް

އިޢުލާން

ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓް

އޭ.ޑީ.އެފް ގްރާންޓް ނަންބަރު: G-0409

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޓެކްނިކަލް ކޮންސަލްޓެންޓް - ލޯކަލް

ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ގުޅިގެން ކުރިއަށްގެންދާ ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނެބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓްގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ ލޯކަލް ޓެކްނިކަލް ކޮންސަލްޓެންޓެއް ހޯދަން ވަނީ ހަމަޖެހިފައެވެ.

ލޯކަލް ޓެކްނިކަލް ކޮންސަލްޓެންޓުގެ މައިގަނޑު މަސައްކަތަކީ، ޕްރޮޖެކްޓަށް ބޭނުންވާ ޓެކްނިކަލް ލަފަޔާއި މަޝްވަރާދިނުމާއި، މަޝްރޫޢު ހިންގުމުގައި އެހީތެރިވެދިނުމެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތައް:

- ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން؛

- އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލުކޮއްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- ގުޅުންހުރި ދާއިރާއަކުން ޓްރެއިނިންގ ހާސިލުކުރެވިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މިކަހަލަ މަޤާމެއްގައި މަދުވެގެން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

- މި ދާއިރާއާއި ގުޅުންހުރި ސަރުކާރުގެ ވަޒީފާއެއްގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އިންޖިނިއަރިންގެ ދާއިރާގައި ބޭނުންކުރާ ސޮފްޓްވެއާތައް ބޭނުންކޮށްގެން ރަށްރަށުގެ ޕަވަރ ސިސްޓަމްތަކުގެ ސިންގަލް ލައިން ޑައިގްރަމް ތައްޔާރުކުރުމުގެ ހުނަރާއި ތަޖުރިބާ ހުރުން.

- ރަށްރަށުގެ ޕަވަރ ސިސްޓަމްތައް އެނަލައިޒްކޮށް، އެތަންތަން ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހޯދައި، ރިނިއުބަލް އެނަރޖީއާއި، އެނަރޖީ އެފިޝަންސީގެ ދާއިރާގެ ކަންކަން ހިމެނޭގޮތަށް ސިސްޓަމްތައް ބައްޓަންކުރުން.

- ބޭރުގެ އެހީގައި ހިންގާ މަޝްރޫޢެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމަކީ އެދެވިގެންވާކަމެކެވެ؛

- އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް ނުވަތަ ވޯރލްޑް ބޭންކުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

- މީގެ އިތުރުން، ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުޞޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އުޖޫރަ:

މަސައްކަތަށް ހޮވޭ ފަރާތަކަށް، އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި، -/30،000 ރުފިޔާއާއި -/38،55 ރުފިޔާއާ ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތުގެ މުއްދަތު:

މި މަސައްކަތުގެ މުއްދަތަކީ، 24 (ސައުވީސް) މަސްދުވަހެވެ. މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި، މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، މެއި/ޖޫން 2016 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ގުޅުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ - ޕޮއިސްޑް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ގްރީން ބިލްޑިންގ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018329

5 ޝަޢުބާން 1437

12 މޭ 2016
ހޯދާ