| 
 1. ފިޔަވަތީގެ ބަޖެޓުން ކުރަންޖެހޭ އެންމެހައި ޚަރަދުތައް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް، ހަމަޖެހިފައިވާ އުޞޫލްތަކުގެމަތިން ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން. 
2. ފިޔަވަތިން ފައިސާ ދައްކަންޖެހޭ ބިލްތައް، އެ ބިލެއްގެ ފައިސާ ދެއްކުމަށް އޮންނަ  މުއްދަތުގެ ތެރޭގައި ޕީވީ ހަދައި،  ފައިސާ ދެއްކުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ގަވާއިދުން ކޮށް ބެލެހެއްޓުމާއި، އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން. 
3. ފިޔަވަތީގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ރިޕޯޓުތައް، ތިޖޫރީ ރިޕޯޓު، ޕެޓީކޭޝް ރިޕޯޓު، ކޮއްތު ރިޕޯޓާއި ބަޖެޓުގެ ޚަރަދު ރިޕޯޓުތައް، އެ ރިޕޯޓެއް ނިންމަންޖެހޭ މުއްދަތަށް ނިންމައި،  ބަޖެޓުން ކުރެވިފައިވާ ޚަރަދުތައް އެފް އެމް ރިޕޯޓާއި ދިމާކޮށް  ޗެކްކުރުމަށްފަހު  ބަޖެޓުގެ މަސައްކަތާ ހަވާލުވެ ހުންނަ ވެރިޔަކު ލައްވާ ސޮއިކުރުވުމަށްފަހު، ކޮންމެ  މީލާދީ  މަހެއްގެ  10  ވަނަ  ދުވަހުގެ  ކުރިން  މިނިސްޓްރީގެ  އެކައުންޓްސް  ޑިވިޜަނަށް ފޮނުވުމާއި، އެ ރިޕޯޓުތައް ތަރުތީބުން ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން. 
4. ފިޔަވަތީގެ ބަޖެޓުން މުސާރަދޭ މުވައްޒަފުންގެ މުސާރަ ޕީވީއާއި އެކަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް، ކޮންމެ މީލާދީ މަހެއްގެ 25 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ އެކައުންޓްސް ޑިވިޜަނަށް ފޮނުވުމާއެކު، އެކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށް ބެލެހެއްޓުން. 
5. ފިޔަވަތީގެ އެ އަހަރެއްގެ ބަޖެޓް ތައްޔާރުކުރުމަށް ފިނޭންސް މިނިސްޓްރީން ހަމަޖައްސަވާ ގަވާއިދާ އެއްގޮތަށް ބަޖެޓުގެ ކަންތަކާ ހަވާލުވެހުންނަ ވެރިއެއްގެ ލަފާގެމަތިން އާ އަހަރުގެ ބަޖެޓް ތައްޔާރުކޮށް، ފޮނުވަންޖެހޭ މުއްދަތަށް ފޮނުވަންޖެހޭ ފަރާތަތަކަށް ފޮނުވުމާއި، ކޮންމެ މާލީ އަހަރެއް ނިމުމުން، ކުޑަކުދިންގެ ހިޔާގެ މާލީ ހިސާބު ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަންގަވާފައިވާ މުއްދަތަށް ނިންމައި، އެކަމާ ގުޅޭގޮތުން ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 
6. ފިޔަވަތީގެ ސްޓޮކުން ތަކެތި ދޫކުރުމާއި، ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ސްޓޮކް ބާކީ ބަލަހައްޓަމުން ގެންދިޔުން. 
7. ފިޔަވައްޗަށް ހޯދާ ހަރުމުދަލުގެ އިންވެންޓްރީ ގަވާއިދުން ބެލެހެއްޓުމާއެކު، ޑޮނޭޝަންގެގޮތުގައި ލިބޭ ހަރުމުދަލުގެ އިންވެންޓްރީ ބަހައްޓަމުންދާގޮތަށް ޗެކުކުރުމާއި ޑޮނޭޝަން އިންވެންޓްރީ ބަލަހައްޓަން ޖެހިއްޖެ ހިނދެއްގައި ގަވާއިދުން ބެލެހެއްޓުން. 
8. ފިޔަވައްޗަށް ހޯދާފައި ހުންނަ ހަރުމުދަލާއި އެހީގެގޮތުގައި ލިބިފައިހުންނަ ހަރުމުދަލުން ހަލާކުވެފައިވާ ތަކެތި ނީލަމަށް ފޮނުވައި، ނީލަމުން ނިމޭ ގޮތެއްގެމަތިން އެކަން ކުރުން. 
9. ފިޔަވަތީގެ ކޮއްތަށް ބޭނުންވާ ތަކެތި ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން އެދުވަހެއްގެ މެނޫއަށް ބޭނުންވާ ތަކެތި ފިޔަވަތި ބަދިގެއަށް ލިބޭނެގޮތް ހަމަޖައްސައިދިނުމާއި، ކޮއްތު ރިޕޯޓް މަހުން މަހަށް ތައްޔާރުކޮށް ވެރިއަކު ލައްވައި ސޮއިކުރުވުމަށްފަހު، ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން. 
10. މެއިންޓޭނަންސާއި އެހެނިހެން މަރާމާތުތައް ކުރުމަށް ނިންމަންޖެހޭ ލިޔެކިޔުންތައް، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ތައްޔާރުކުރުން. 
11. މަސައްކަތުގެ ދާއިރާގައި ހިމެނޭގޮތަށް އޮފީހުން ހަވާލުކުރެވޭ އެންމެހައި ރަސްމީ މަސައްކަތް ކުރުން. 
 |