ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން ބޭނުންވެއެވެ.
މަޤާމް: |
ކޭޝިއަރ |
ބޭނުންވާ އަދަދު: |
6 (ހައެއް) |
ވަޒީފާގެ ބާވަތް: |
ވަގުތީ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިފްކޯ މަސްފިހާރަ، މާލެ |
އަސާސީ މުސާރަ: |
ޝިފްޓަކަށް -/100 ރުފިޔާ |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- މަސްފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންނާ ހިނިތުންވުމާއެކު މުޢާމަލާތްކުރުން. - މަސްފިހާރައިގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން. - މަސްފިހާރައިގެ ޝިފްޓް ޑިއުޓީފެށޭއިރު ވަތްގަނޑުގައި ހުރި ފައިސާ ގުނައި، ހިސާބުތަކާ ދިމާވޭތޯ ބެލުން. - މަސްފިހާރައިގެ ކައުންޓަރުތައް ސާފުތާހިރުކޮށް ބެލެހެއްޓުން. - ފިހާރައިގައި ބެހެއްޓިފައިވާ މުދާތަކާއި ފިހާރައިން ދެވޭ ޚިދުމަތްތަކާ ބޭހޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން. - ކަސްޓަމަރުންގެ ޝަކުވާތަކުގެ ތެރެއިން ޙައްލުކޮށްދެވެންހުރި ކަންކަން ޙައްލުކޮށްދިނުމާއި، ޙައްލުކޮށް ނުދެވޭ ކަންތައްތައް، މަސްފިހާރަޔާ ހަވާލުވެގެން ހުންނަ އިސްފަރާތަށް އެންގުން. - ކިރައިގެން ވިއްކާ އައިޓަމްތަކުގެ އަގު ހޯދުމަށް ކިރުމާއި، ކައްޓާގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަވާނަމަ، ފިހާރައިގެ އިންޗާރޖަށް ވަގުތުން އެކަން އެންގުން. - މުދަލަށް ފައިސާ ކެނޑުމަށްފަހު ކަސްޓަމަރަށް ރަސީދު ހަވާލުކޮށް، ރަސީދުގެ ކޮޕީ ރައްކާކުރުން. - ކޮންމެ ޝިފްޓެއް ނިންމުމަށްފަހު، ކައުންޓަރުގައި ހުރި ފައިސާ ގުނައި، ޖުމްލަ ސޭލްސްއާ ދިމާވޭތޯ ބެލުން. - ސޭލްސް ސިސްޓަމުގައި ކުރެވޭ ހުރިހާ މުޢާމަލާތްތަކުގެ ޓްރާންސެކްޝަނެއް ރިކޯޑްކުރުން. - ފީ. އޯ. އެސް. ސިސްޓަމުން ކުރެވޭ މުޢާމަލާތުުގެ ރަސީދު ރައްކާކޮށް، ސިސްޓަމުން ފައިސާ ކެނޑުން. - ސްޓޮކް ބަލައި، ޝެލްފްގައި ހުރިމުދަލުގައި އަގުޖެހިފައިވޭތޯ ކަށަވަރުކުރުން. |
މަޤާމުގެ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އޯ.ލެވެލް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން" ސީ" ގްރޭޑް ލިބިފައިވުން. |
މަޤާމް: |
ފްލޯ އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
10 (ދިހައެއް) |
ވަޒީފާގެ ބާވަތް: |
ވަގުތީ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މިފްކޯ މަސްފިހާރަ، މާލެ |
އަސާސީ މުސާރަ: |
ޝިފްޓަކަށް -/100 ރުފިޔާ |
މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު: |
- މަސްފިހާރައަށް ޒިޔާރަތްކުރާ ކަސްޓަމަރުންނާ ހިނިތުންވުމާއެކު މުޢާމަލާތްކުރުން. - މަސްފިހާރައިގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން. - ކިރައިގެން ވިއްކާ އައިޓަމްތަކުގެ އަގު ހޯދުމަށް ކޭޝިއަރަށް އެހީތެރިވުން. - ކަސްޓަމަރުން ގަންނަ މުދާ، ކޮތަޅަށްލާފައި ކަސްޓަމަރުންނާ ހަވާލުކުރުން. - މުދާ، މަސްކޭސް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެހީތެރިވެދިނުން. - ސްޓޮކް ބަލައި، ޝެލްފްގައި ހުރި މުދަލުގައި އަގުޖެހިފައިވޭތޯ ކަށަވަރުކުރުން. |
މަޤާމުގެ ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، އޯލެވެލް އިމްތިޙާނުން އެއް މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުމާއި، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން" ސީ" ގްރޭޑް ލިބިފައިވުން. |
އިންޓަވިއު: |
މަތީގައިވާ މަޤާމްތަކުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކަށެވެ. |
ސުންގަޑި: |
މަތީގައިވާ މަޤާމްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑަށް ސިޓީއަކުން ހުށަހެޅުން އެދެމެވެ. އީމެއިލްކުރާނަމަ، @mifco.com.mvreception އަށް އީމެއިލްކުރުން އެދެމެވެ. ފެކްސް ކުރާނަމަ، 3323955 ނަންބަރަށް ފޮނުވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަނަބަރާއެކު) 3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. 4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު) |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް 3323932 އެކްސްޓެންޝަން 247 އަށް ގުޅުން އެދެމެވެ. |
4 ޝަޢުބާން 1437