މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮފީހުގެ ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ކްލަޔަންޓް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/7،500 ރުފިޔާ

އެލަވަންސް: ނޮންޕްރެކްޓިސް އެލަވަންސްގެގޮތުގައި މަހަކު ގިނަވެގެން -/2،500 ރުފިޔާއާއި، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް އެޓެންޑެންސް އެލަވަންސްގެގޮތުގައި -/50 ރުފިޔާ، މި އޮފީހުގެ ބޯޑުން ނިންމަވާފައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެމަތިން ދެވޭނެއެވެ. 

ފެންވަރު ނުވަތަ ޝަރުޠު:

  1. ޖީ. ސީ. އީ. އޭލެވެލް އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއި، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް (އެޗް. އެސް. ސީ) އިމްތިޙާނުގައި ދިވެހި މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. (މާކެޓިންގ، ކޮމިޔުނިކޭޝަންސް ނުވަތަ ސޭލްސް އެންޑް މާކެޓިންގ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
  2. ކަސްޓަމަރ ސަރވިސް ނުވަތަ ކަސްޓަމަރ ރިލޭޝަންސް ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. (ކޯލް ސެންޓަރ ފަދަ ތަނެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
  3. ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގުން.
  4. ދިވެހިބަހާއި އިނގިރޭސިބަހުން ފުރިހަމައަށް މުޢާމަލާތްކުރަން އެނގުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، މި މަޤާމުގެ ވަޒީފާ ބަޔާން، މި އޮފީހުގެ www.pension.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިންޓަވިއު:

މި މަޤާމަށް އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް:

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

މޫކައި ސްއިޓްސް (6 ވަނަ ފަންގިފލާ) ހަވީރީ ހިނގުން، 20222، މާލެ، ދިވެހިރާއްޖެ

ފޯން: 1441

ފެކްސް: 3307759

އީމެއިލް: [email protected]

2 ޝަޢުބާން 1437

10 މޭ 2016
ހޯދާ