ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ރިސަރޗް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެމް. އެސް. 2
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
މުސާރަ: މަހަކު -/6،295 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
ވަޒީފާ އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ޕްލޭނިންގ އެންޑް މޮނިޓަރިންގ/ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- މަތީ ތަޢުލީމާބެހޭ ޕްލޭންތަކާއި ޕޮލިސީތައް އެކުލަވައިލުމަށްޓަކައި ރިސަރޗް ހެދުމާއި، ވަރކްޝޮޕް ފަދަ ހަރަކާތްތައް ރާވައި ހިންގުން.
- މަތީ ތަޢުލީމާބެހޭ ޕޮލިސީއާއި ޕްލޭނިންގާބެހޭ ސިޓީތަކަށް ޖަވާބުދިނުން.
- މަތީ ތަޢުލީމާބެހޭ ޕްލޭންތައް އެކުލަވައިލުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވޭ ވާރކްޝޮޕްތަކާއި ސެމިނާރު ފަދަ ބައްދަލުވުންތަކުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
- މަތީ ތަޢުލީމާބެހޭ މަޖިލީހުގެ ނިންމުންތައް ތަންފީޒުކުރުމަށް ނުވަތަ މަޖިލީހަށް ބޭނުންވާ އެނޫން ޕްލޭންތަކާއި ޕޮލިސީތައް ޑިވެލޮޕްކުރުމާބެހޭ މަސައްކަތް ކުރުން.
- އަލަށް ރަޖިސްޓްރީކުރުމަށް ހުށަހަޅާ މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް، ރަޖިސްޓްރީކުރުމުގެ ކުރިން ބަލަންޖެހޭ ޕްރޮފެޝަނަލް ސްޓޭންޑަޑްތައް ތަނުގައި ހުރިތޯ ތަނުގެ ވެރިންނާ ބައްދަލުކޮށް ބަލައި، ރަޖިސްޓްރީކުރަން ހުށަހަޅާ ފަރާތުންދޭ މަޢުލޫމާތު އެއީ ޞައްޙަ މަޢުލޫމާތުތޯ ބަލައި ޗެކްކުރުން.
- މަތީ ތަޢުލީމް ކުރިއެރުވުމަށް ބޭނުންވާ އެކިއެކި ހިސާބުތައް ހޯދުމާއި، އެ ރިސަރޗްތަކުގެ މައްޗަށް ބަލައި ރިޕޯޓްތައް ތައްޔާރުކުރުން.
- މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކޮށްދިނުމުގެ ގަވާއިދުގެ މިންގަނޑުތައް އެކުލަވައިލުމުގެ މަސައްކަތް ކުރުން.
- މަތީ ތަޢުލީމުގެ މާސްޓަރޕްލޭންގެ ދަށުން ހިންގަންޖެހޭ ޕްރޮޖެކްޓްތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
މަޤާމުގެ ޝަރުޠު:
1. ތަޢުލީމީ/ ޕޮލިސީ ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ/ ޕޮލިސީ ޕްލޭނިންގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ތަޢުލީމީ/ ޕޮލިސީ ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ/ ޕޮލިސީ ޕްލޭނިންގެ ދާއިރާގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. ތަޢުލީމީ/ ޕޮލިސީ ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
4. ތަޢުލީމީ/ ޕޮލިސީ ޕްލޭނިންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
- ދިވެހިބަހުގެ ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 26 މޭ 2016 އާއި 31 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ޑިޕާޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވެލް ބަޔާންކޮށްދޭ ލިޔުން.
ބ- މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންގެންދާ އިދާރާތަކުން ހޯދާފައިވާ ލިޔުންތައް (މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި ދުވަސް/މަސް/އަހަރު އަދި ވަޒީފާއިން ވަކިވެފައިވާނަމަ ވަކިވިދުވަސް/މަސް/އަހަރު އެނގެން އޮންނަންވާނެއެވެ.
ޅ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން (ހ. ވެލާނާގޭގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 25 މޭ 2016 ވަނަ ދުވަހުގެ 13:30 އެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ޑިޕާޓްމަންޓުގެ 3341303 ނަންބަރު ފޯނަށް ނުވަތަ 3341307 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
5 ޝަޢުބާން 1437