ދިވެހިރާއްޖެ
އިޢުލާން
މި މަދަރުސާގެ ތިރީގައި މިދަންނަވާ މަރާމާތުތައް ކޮންޓްރެކްޓް އުސޫލުން، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތެއް ހޯދަން ވަނީ ބޭނުންވެފައެވެ.
- ހޯލުގެ ޕާޓިޝަން މަރާމާތުކުރުން
- އޮފީސް ބައިގެ ސީލިންގ މަރާމާތުކުރުން
- ހޯލުގެ ސީލިންގ މަރާމާތުކުރުމަށް
ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 2016 މޭ 22 ވާ އާދިއްތަ ދުވަހުގެ 10:00 ގައި މި ސްކޫލުގެ އޮފީހުގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 25 ވާ ބުދަ ދުވަހުގެ 11:00 އަށް މި މަދަރުސާއަށް ދުރުވެ އަންދާސިހިސާބު ހުށަހެޅުވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތްތައްކުރުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ (ނަންބަރު: 18/2014) ދަށުން ހުއްދަ ދެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ (ނަންބަރު: 19/2014) ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމަށް ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ ފޯމުތަކާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންވާ ފަރާތްތަކުން ހުށަހަޅާ ފޯމު ގަބޫލުނުކުރެވޭނެ ވާހަކަދެންނެވީމެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތަކަށްވެސް ވަކިވަކީން ކަމުގައި ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، އެތަނެއްގެ ލެޓަރ ހެޑްގައި ލިޔެ، ސިޓީއަކުން އަންގަވައިދެއްވުންއެދެމެވެ. އަދި ބަދަލުގައި އަންނަމީހާގެ އައި.ޑީ ކާޑުގެ، މުއްދަތު ހަމަނުވާ ކޮޕީއަކާއި، އައި.ޑީ ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަދަރުސާގެ ނަންބަރު 6500535 ފޯނަށް ގުޅުއްވުން އެދެމެވެ.