މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޒަކާތުގެ މަސައްކަތްކުރުމަށް ކޮންޓްރެކްޓަށް މީހުން ހޯދުން

އިޢުލާން

ޒަކާތުގެ މަސައްކަތްކުރުމަށް ކޮންޓްރެކްޓަށް މީހުން ހޯދުން

ކައުންސިލުތަކުން، ފަގީރުންގެ ރަޖިސްޓަރީ އެކުލަވައިލުމުގެ މަސައްކަތްކުރުމަށްޓަކައި ކޮންޓްރެކްޓް އުސޫލުން، ކޮންމެ ރަށެއްގައި މަސައްކަތްކޮށްދޭނެ 2 މީހުން ހޯދަން ބޭނުންވެއެވެ.

މި ގޮތުން އެފަރާތްތައް ލައްވައި މަސައްކަތްކުރުވަން ބޭނުންވާ މުއްދަތަކީ 5 ދުވަހެވެ.

އެލަވެންސް: މާލެއާއި އަތޮޅުތެރޭގައި ދިރިއުޅޭ ފަގީރުން ރަޖިސްޓަރީކުރުމަށާއި، ފައިސާ ނެގުމާއި، ދޫކުރުމުގެ މަސައްކަތްކުރުމާއި އިދާރީ އެހެން މަސައްކަތްކުރުމަށް ދުވާލަކަށް -/150 ރުފިޔާ

މަސައްކަތު ގަޑި: މަސައްކަތު ދުވަސްތަކުގައި ހެނދުނު 08:00 ން 15:00 އަށް

ފެންވަރު ނުވަތަ ޝަރުތު: ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުމާއެކު ކޮމްޕިޔުޓަރުން މަސައްކަތްކުރުމަށް ފަރިތަވުމާއި މައިކުރޯ ސޮފްޓު އެކްސެލުން މަސައްކަތްކުރަން އެނގުން. އަދި އިނގިރޭސިންނާއި ތާނައިން ޓައިޕްކުރަން އެނގުން.

މީހުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް

(ހ) އަތޮޅުތެރޭގައި މަސައްކަތްކުރެވޭ މީހަކަށްވުން

(ށ) އެ ރަށެއްގެ އަހުލުވެރިއަކަށްވުން

(ނ) ފައިސާއާ ބެހޭ މަސައްކަތުގައި އުޅެފައިވުން

(ރ) ކުރީގެ އަހަރުތަކުގައި، އިސްލާމިކު މިނިސްޓްރީގެ ފަގީރުންގެ ލިސްޓް ނެގުމުގައި އުޅެފައިވުން

(ބ) ކޮމްޕިޔުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު

ވީމާ، މި މަސައްކަތްކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މަސައްކަތްކުރުމަށް އެދިލައްވާ ފޯމު ފުރުއްވުމަށްފަހު، 2016 މޭ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކައުންސިލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި ކައުންސިލުގެ އިދާރާއިންނާއި، މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުގެ ކައުންޓަރުންނާއި، ވެބްސައިޓް www.islamicaffairs.gov.mv ން ލިބެން ހުންނާނެއެވެ. ފޯމާއެކު އައި.ޑީ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހުށަހަޅަންވާނެއެވެ.                             

03 ޝަޢުބާން 1437

10 މޭ 2016
ހޯދާ