ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ވެސްޓް ކޯސްޓް ވޯޓަރ ފްރަންޓް މިކްސްޑް ޑިވެލޮޕްމަންޓް މަޝްރޫޢާ ބެހޭ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ބޭނުމަށް މާލޭގެ 399 ނަންބަރު ކޮށީގައި 6512.17 އަކަމީޓަރުގެ ބިމެއްގައި މިކްސްޑް ޔޫސް ޑިވެލޮޕްމަންޓް ފެސިލިޓީއެއް ގްރައުންޑް ލީސް އުސޫލުން ޤާއިމުކޮށް ހިންގާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)13-K1/13/2016/62 އިޢުލާނަށް ރަޖިސްޓަރީވުމުގެ ފުރުޞަތު 19 މޭ 2016 ގެ ނިޔަލަށް އިތުރުކޮށްފީމެވެ. އަދި، މިފަދަ ޕްރޮޖެކްޓަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 19 މޭ 2016 ގެ ނިޔަލަށް ހުޅުވާލަމެވެ. މި މަސައްކަތުގެ ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރ.އެފް.ޕީ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާ ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން އުފެދޭ ސުވާލުތައް ލިޔުމަކުން ތިރީގައި ދެންނެވިފައިވާ އެޑްރެސް ނުވަތަ އީމެއިލް އެޑްރެހަށް 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ފޮނުއްވުން އެދެމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2016 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މި މިނިސްޓްރީއަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުން އެދެމެވެ.
އަޙުމަދު މުޖުތަބާ
ޑިރެކްޓަރ ޖެނެރަލް
ޕަބްލިކް ޕްރޮކިއުމަންޓް ޑިވިޜަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ،ދިވެހިރާއްޖެ،
ޓެލެފޯން:3349191 ،3349266،
ފެކްސް:3320706 ،3324432،
އީމެއިލް:[email protected]