ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑުގެ ވަށައިފާރު ރޭނުމާއި ފެންސުޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ފުޓުބޯޅަދަނޑުގެ މަސައްކަތާ ގުޅޭ:

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ފުޓުބޯޅަދަނޑުގެ ވަށައިފާރު ރޭނުމާއި ފެންސްޖެހުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު، މި އިދާރާގެ ނަންބަރު: (IUL)251-EDSS/251/2016/37 (24 އެޕްރީލް 2016) އިޢުލާނުގައި ދެވިފައިވާ މުއްދަތު ކުރުކަމަށް ފެންނާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރީމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 22 ވާ އާދިއްތަ ދުވަހު 13:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 29 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި ކައުންސިލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ފޮނުއްވަނީ ކޮން ފަރާތެއްކަށް އެނގޭނެ ސިޓީއަކާއި އައި.ޑީ ކާޑުގެ ކޮޕީ މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކާއި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބިޑްހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

04 ޝަޢުބާން 1437

11 މޭ 2016
ހޯދާ