ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1 އަހަރު ދުވަހަށް، 1 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށްހިފުމަށް
ޢިއުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހދ. ކުޅުދުއްފުށި ކެމްޕަހުގެ ބޭނުމަށް، 1 އަހަރު ދުވަހަށް، 1 ކޮޓަރީގެ އެޕާޓްމަންޓެއް، ކުއްޔަށްހިފުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް އެދި ޢިއުލާނުކުރީމެވެ.
ކުއްޔަށްހިފުމަށް ބޭނުންވާ އެޕާޓްމަންޓްގައި ހުންނަންޖެހޭ ޝަރުޠުތައް ތިރީގައި މިވަނީއެވެ.
- މިއީ މި ކެމްޕަހުގައި މަސައްކަތްކުރައްވާ ޓީޗަރުން ތިއްބެވުމަށް 12 މަސްދުވަަހުގެ މުއްދަތަށް ކުއްޔަށްހިފާ ތަނެކެވެ.
- މި އެޕާޓްމަންޓުގައި މަދުވެގެން 1 ކޮޓަރީގެ އިތުރުން ސިޓިންގ ރޫމާއި ބަދިގެ ހުންނަންޖެހޭނެއެވެ.
- މި އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މައިގަނޑު ފަރުނީޗަރާއި އެހެންނިހެން ސާމާނާއެކުގައެވެ. އޭގެތެރޭގައި ހިމެނެނީ އެނދާއި، އަލަމާރި، މޭޒު، ގޮނޑި، ގޮދަޑި، ސިޓިންގ ރޫމް ގޮނޑި ސެޓް، ޓީވީ (ރެކާއެކު)، ދޮންނަމެޝިން، ކައްކާ ގޭސް، އުނދުން، ކާމޭޒު ގޮނޑިއާއެކުއެވެ. މީގެ އިތުރުން، އެހެން ސާމާނު ހުރުމަކީ ޕޮއިންޓުދިނުމުގައި ބެލޭނެކަމެކެވެ. އެޕާޓްމަންޓްގެ ބޭރަށް ހުންނަ ދޮރުތަކުގައި ޖާލި ނުވަތަ ތޭރި ހުންނަންވާނެއެވެ.
- މި އެޕާޓްމަންޓުން ބޯފެން ނެގޭނެ އިންތިޒާމު ނުވަތަ ސަޕްލައިފެން ލިބެން ހުންނަންވާނެއެވެ. އަދި ފާޚާނާ ހުންނަންވާނީ އެމް.ޑަބްލިޔު.އެސް.ސީގެ ފާޚާނާ ނިޒާމާ ގުޅިފައެވެ.
- އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މަރާމާތެއް ކުރަން ހުރިނަމަ އެކަން ފުރިހަމަކުރުމަށްފަހުގައެވެ.
- އަގު ހުށަހަޅާއިރު، އެޕާޓްމަންޓުގައި ހުރި މައިގަނޑުތަކެތީގެ ލިސްޓަކާއި، ފްލޯޕްލޭން ހުށަހަޅަންވާނެއެވެ.
- މި އެޕާޓްމަންޓް ކެމްޕަހާ ކައިރިވުމަކީ ޕޮއިންޓުދިނުމުގައި ބެލޭނެކަމެކެވެ.
މަސައްކަތާ ގުޅިގެން ޕޮއިންޓުދެވޭނޭ އުސޫލުތައް:
ކުލި |
% 90 |
ތަނަވަސްކަމާއި ތަކެތިހުރި މިންވަރު |
% 5 |
ކެމްޕަހާ ހުރި ކައިރިމިން |
% 5 |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ހދ.ކުޅުދުއްފުށީ ކެމްޕަހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
05 ޝަޢުބާން 1437
12 މޭ 2016
ހޯދާ