ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން:

ކޯޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

GS3

މަސައްކަތް ކުރަންޖެހޭ ތަން:

ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް

މަޤާމުގެ މުސާރަ:

މަހަކު -/4،465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

އެލަވަންސް/ޢިނާޔަތް:

- ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

- ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20

- ލިވިންގ އެލަވަންސް: މަހަކު -/2،550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.

މަޤާމުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި، "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛

- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1-  ހުށަހެޅޭ މައްސަލަތަކުގައި މުޢާމަލާތްކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތްކުރުމާއި، މައްސަލަތަކުގައި އިދާރީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބެލުމާއި، މައްސަލަތަކުގެ ފައިލްތައް ބެލެހެއްޓުން.

2- މައްސަލަތަކާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ރެކޯޑް ބެލެހެއްޓުން.

3- މައްސަލަތަކާ ގުޅޭގޮތުން ރެކޯޑުކުރެވޭ ބަޔާންތައް ފަނޑިޔާރުގެ މަޝްވަރާގެމަތިން ލިޔެ، ބަޔާންތަކުގައި ސޮއިކުރުމަށްފަހު ސްކޭންކޮށްފައި ފައިލްކުރުން.

4- މައްސަލަ ނިމުމުން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔާ ފޮތްތައް ބެލެހެއްޓުން.

5- ހުށަހެޅޭ ވަރި / ކާވެނީގެ އިދާރީ މަސައްކަތްތަކާއި، ރެކޯޑްތައް ބެލެހެއްޓުން.  

6- މައްސަލަތަކާ ގުޅިގެން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ފޮނުވުމާއި، ކޮންމެ މީލާދީމަހެއް ނިމުމުން، އެ މަހެއްގެ ތަފާސްހިސާބު ރިޕޯޓް ފޮނުވުން.

7- މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ފަރާތްތަކަށް އަމުރު ފޮނުވުމާއި، ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމާއި، ޝަރީޢަތްތަކަށް ހާޒިރުކުރެވޭ ފަރާތްތަކަށް ޝަރީޢަތުގެ މަޖިލީހުގައި ޢަމަލުތައް ބަހައްޓަންވީގޮތް ބުނެދިނުން.

8- އިދާރީ އެހެނިހެން މަސައްކަތްތައް ކުރުން.

9- ފައިސާއާބެހޭ މަސައްކަތްތައް ކުރުން.

10- މަތީގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުން، ވެރިއަކު އަންގަވާ، ކޯޓުގެ ރަސްމީ މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

1. ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ލިބެން ހުންނާނީ، ރަސްމީގަޑީގައި، މި ކޯޓުގެ ކައުންޓަރުންނެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހި ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން)

3. އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، މަޤާމުގެ ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިއުމެއް.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

ސުންގަޑި:

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، މަތީގައިވާ ލިޔުންތަކާއެކު، 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި ކޯޓަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

- އިންޓަވިއު ކުރުމަށް ހަމަޖެހިފައިވާ ދުވަސް، އިންޓަވިއުކުރުމަށް ހޮވޭ ފަރާތްތަކަށް ފަހުން އެންގޭނެއެވެ.

- މި މަޤާމަށް އިންޓަވިއުއަށް ޝޯޓްލިޝް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތައް ޗެކުކޮށް، އަޞްލާ އެއްގޮތްކަން ކަށަވަރުކުރުމަށްޓަކައި، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި ވަޒީފާއަށް މީހަކު ހޮވުމުގައި، ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި، ހުނަރު ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދެވޭ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތަކަށް އިސްކަންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ގުޅާނީ، މި ކޯޓުގެ 6520506 ނަންބަރު ފޯނަށެވެ.

3 ޝަޢުބާން 1437

10 މޭ 2016
ހޯދާ