ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ކެފޭ އަދި ފިހާރަ ހިންގުމަށް ތަން ކުއްޔަށްދޫކުރުން

އިޢުލާން

ގުޅިފަޅުގައި ފިހާރަ އަދި ކެފޭ ހިންގުމަށް ކުއްޔަށްދޫކުރުމާ ބެހޭ:

ގުޅިފަޅުގައި ފިހާރަ އަދި ކެފޭ ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ތަން ކުއްޔަށްދޫކުރުމަށް ހުޅުވާލަމެވެ.

ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 19 ވާ ބުރާސްފަތި ދުވަހު 14:00 އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް، މި އޮފީހަށް ވަޑައިގެންދެއްވުންއެދެމެވެ. ބީލަން ހުށަހެޅުން އޮންނާނީ 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 14:00 ގައެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހަޅަންވާނީ، ސިޓީ އުރައެއްގައި ބަންދުކުރައްވާފައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުކުރެވޭނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.

މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންވާނީ ތިރީގައިވާ މި އޮފީހުގެ އެޑްރެހަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3016630 ފޯނަށެވެ. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 16:00 އަށެވެ.)

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ

 

12 މޭ 2016
ހޯދާ