ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލުގެ ވޯކްވޭތަކުގެ ބިތުގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވޯކްވޭތަކުގެ ބިތުގައި ތަށިމުށި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:       

މި ހޮސްޕިޓަލުގެ ވޯކްވޭތަކުގެ ތަށިމުށި ނެއްޓިފައިހުރި ބިތްތަކުގެ މުށިތައް ނަގައި ސާފުކޮށް، އަމިއްލަ ތަކެތީގައި މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 18 ވާ ބުދަ ދުވަހުގެ 10:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 23 ވާ ހޯމަ ދުވަހުގެ 11:00 އަށް ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

05 ޝަޢުބާން 1437

12 މޭ 2016
ހޯދާ