ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަރާމާތުކުރުމާ ބެހޭ:                                      

މި މަރުކަޒުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

  1. ސްޓޮކްކުރުމަށް ބޭނުންކުރެވޭ ޢިމާރާތް ކަރަންޓު ނުލިބުމުގެ މައްސަލަ ހައްލުކުރުން.
  2. އޭވީރޫމާއި، އާޓު ރޫމްގައި މުށިޖެހުން.
  3. ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވިތައް ބަދަލުކުރުން.
  4. ވާރޭވިއްސުމުގެ ސަބަބުން ފީވެ، ހަލާކުވާން ފަށާފައިވާ ދޮރުތައް ބަދަލުކުރުން.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙަށް މި މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ސުކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް، ނަންބަރު 6780015 / 9992246 ފޯނަށް ގުޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅަންޖެހޭ ތާރީޚު

މައުލޫމާތު ސާފުކުރުން

މަސައްކަތް

ވަގުތު

ތާރީޚު

ވަގުތު

ތާރީޚު

 10:00

 25 މޭ 2016

 10:00

15 މޭ 2016

ހަލާކުވެފައިވާ ދޮރުފަތްތައް ބަދަލުކުރުން

 10:30

 25 މޭ 2016

 10:30

 15 މޭ 2016

އޭވީރޫމާއި އާޓުރޫމުގައި  މުށިޖެހުން

 11:30

 25 މޭ 2016

 11:30

 15 މޭ 2016

ސްޓޮކުކުރުމަށް ބޭނުންކުރާ ޢީމާރާތުގެ ކަރަންޓް ރަނގަޅުކުރުން

 12:30

 25 މޭ 2016

 12:30

 15 މޭ 2016

ދިޔަދޮވިތައް ބަދަލުކުރުން

ޕޮއިންޓުދެވޭ އުސޫލު:

ހުށައަޅާ އަގު

80

މަސައްކަތް ނިންމުމަށް ނަގާ މުއްދަތު

10

މަސައްކަތްކުރާ ފަރާތުގެ މާލީ ޤާބިލުކަން

5

މަސައްކަތުގެ ތަޖުރިބާ

5

10 މޭ 2016
ހޯދާ