ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް ތަކެތި ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ހޯދުމާ ބެހޭ:

މި އިދާރާއަށް ބައެއް ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު: (IUL)268/2016/31 (24 އެޕްރީލް 2016) އިޢުލާނުގައިވާ ތަކެއްޗަށް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލުކޮށް، ތިރީގައި ދެންނެވިފައިވާ ތަކެތި މި އިދާރާއަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

އޮޕްޝަން

ތަފުސީލު

ޢަދަދު

އޮޕްޝަން 1

Electric Cable – 4mm x 2C – Round Cable 100m

3

Electric Cable – 2.5mm x 2C – Round Cable 100m

11

Photocell 10 amp

20

 

ނުވަތަ

 

އޮޕްޝަން 2

Electric Cable – 4mm x 2C – Twin Flat 100m

3

Electric Cable – 2.5mm x 2C – Twin Flat 100m

11

Photocell 10 amp

20

އަންދާސީހިސާބުތައް އިވެލުއޭޓުކޮށް މާކުސް ދެވޭނެގޮތުގެ ތަފުސީލް ތިރީގައި އެވަނީއެވެ.

މާކުސް ދެވޭ ކުރައިޓީރިޔާ

މާކުސްދެވޭނެ ގޮތް

ތަފުސީލު

އަގު

% 90

* ޚިދުމަތުގެ އަގަށްދޭ މާކުސް

* މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާކެއްކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓުކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

* މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ކުޑައަގަށެވެ

ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު

 % 10

* ތަކެތި ފޯރުކޮށްދެވޭނެ މުއްދަތަށް ދޭ މާކުސް

* މާކުސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމެޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ މުއްދަތުތަކުގެ ތެރެއިން އެކަށީގެންވާ އެންމެ ކުރު މުއްދަތެއް އެއީ ބެންޗް މާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައިލިބޭ % (އިންސައްތަ)

*މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެކަށީގެންވާ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމާނެ ފަރާތަކަށެވެ.

މިކަމަށް ކުރިމަތިލެއްވޭނީ ވިޔަފާރި އުސޫލުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ. ވީމާ، މި އިދާރާއަށް މި ތަކެތި ވިއްކަވަން ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 15 ވާ އާދީއްތަ ދުވަހުގެ 13:00 އަށް، މަތީގައި ބަޔާންކޮށްފައިވާ ތަކެތި ވިއްކޭނެ އަގާއި، މުއްދަތު ބަޔާންކޮށް ސިޓީ ހިފައިގެން ކައުންސިލުގެ އިދާރާއަށް ދުރުވުމަށް ދަންނަވަމެވެ. މަތީގައި ދެވިފައިވާ 2 އޮޕްޝަނަށް ނުވަތަ ވަކި އޮޕްޝަނަކަށް އަގު ހުށަހެޅުއްވިދާނެއެވެ. ސިޓީ ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ސިޓީއުރައިގެ ބޭރުގައި "ކައުންސިލުގެ އިދާރާއަށް ކޭބަލް ވިއްކުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. ސިޓީއާއެކު ވިޔަފާރި ރަޖިސްޓަރީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅައްވާނެއެވެ. މި ސިޓީއުރަތައް ކަނޑާނީ ސިޓީހުށައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6520042 ފޯނަށް ގުޅުއްވުން އެދެމެވެ.

01 ޝަޢުބާން 1437

08 މޭ 2016
ހޯދާ